ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ކެފޭ ރެސްޓޯރެންޓްތަކަށް ލިބެމުންދާ ގެއްލުމާމެދު ސަރުކާރުން ސީރިއަސްވާންޖެހޭ: މުއިއްޒު

ކުރީގެ ހައުސިންގެ މިނިސްޓަރ ޑރ.މުޙައްމަދު މުއިއްޒު/ ފޮޓޯ: މިހާރު
ޝެއާރކޮށްލާ ކަހަލަދޯ؟
Share on facebook
Share on twitter
Share on whatsapp
Share on telegram
Share on print

މާލޭގައި ހިންގާ ކާބޯތަކެތީގެ ހިދުމަތްދޭ ތަންތަނަށް ލިބެމުންދާ ގެއްލުންތަކަަކީ މާލެ ސިޓީ ކަައުންސިލާއި ސަރުކާރުން ސީރިއަސް ގޮތެއްގައި ސަމާލުކަން ދޭންޖެހޭ ކަމެއް ކަމަށް ކުރީގެ ހައުސިން މިނިސްޓަރު އަދި ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބުގައި މާލެ ސިޓީގެ މޭޔަރު ކަމަށް ވާދަކުރައްވާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

މުއިއްޒު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، މާލޭގައި ހިނގާ ކެފޭ، ރެސްޓޯރަންޓް، ސައި ހޮޓާތަކަށް ލިބެމުންދާ އިއާދަ ނުކުރެވޭ ވަރުގެ ގެއްލުންތަކަކީ ސިޓީ ކައުންސިލްއާއި ސަރުކާރުން ސީރިއަސް ގޮތެއްގައި ސަމާލުކަން ދޭން ޖެހޭ ކަންކަން ކަމަށެވެ.

"އެ ވިޔަފާރިތައް ދަނީ ބަނގުރޫޓު ވަމުން. އެތައް ރައްޔިތުންނެއްގެ ވަޒީފާ ދަނީ ގެއްލެމުން،" ކުރީގެ ރައީސް މުހައްމަދު ވަހީދުގެ ސަރުކާރުގައި އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރު ނިންމެންދެން ހައުސިން މިނިސްޓަރު ކަން ކުރެއްވި މުއިއްޒު ވިދާޅުވިއެވެ.

ކޮވިޑް-19 އާއި ގުޅިގެން މިދިޔަ އަހަރުން ފެށިގެން އަޅާފައިވާ ފިޔަވަޅުތަކުގެ ދަށުން ކެފޭ ރެސްޓޯރެންޓްތައް ހުޅުވާ ހިންގަމުން އައިސްފައިވަނީ ވަކި މިންގަނޑުތަކެއްގެ ތެރެއިންނެވެ.

ކޮވިޑް-19 އާ ގުޅިގެން މިހާރު އަޅާފައިވާ ފިޔަވަޅުތަކާއެކު ރޭގަނޑު 08:00 އިން ފެށިގެން ކެފޭ ރެސްޓޯރެންޓްތަކުގައި ތިބެގެން ހިދުމަތް ހޯދުމަކީ މަނާ ކަމެކެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published.

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: