ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އިތުރު 7 ދުވަހަށް ކެފޭތައް ބަންދުކުރަން ނިންމައިފި

ޝެއާރކޮށްލާ ކަހަލަދޯ؟

މާލެ ސަރަހައްދުގައި ހިންގާ ކެފޭ އާއި ހޮޓާ / ރެސްޓޯރަންޓް ފަދަ އާންމުންނަށް ކާބޯތަކެތީގެ ހިދުމަތް ދޭ ތަންތަނުން ޓޭކް އަވޭ އާއި ޑެލިވަރީގެ ހިދުމަތް ފިޔަވައި އެހެން ހިދުމަތް ރޭގަނޑު 8 އިން ފެށިގެން ހުއްޓާލަން ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން އެންގި އެންގުން އިތުރު ހަތް ދުވަހަށް ދަންމާލައިފިއެވެ.

މާލެ ސަރަޙައްދުގައި ކޮވިޑް-19ގެ ޙާލަތު ގޯސްވެފައިވާތީ މިހާރު އަޅާފައިވާ ފިޔަވަޅުތަކުގެ ތެރެއިން ރެއާއި ހަމައަށް ކެފޭ އާއި ހޮޓާ / ރެސްޓޯރަންޓް  ރޭގަނޑު 20:00ގެ ފަހުން ކެއިންބުއިމުގެ ޚިދުމަތްދިނުން މިވަނީ މަނާކުރައްވާފައިވާ ތާރޫހު ހަމަވުމުން އަނެއްކާވެސް ވަނީ އިތުރު 7 ދުވަހަށް މުއްދަތު އިތުރުކޮށްފައެވެ. އަދި ޑެލިވަރީގެ ހިދުމަތް ދެވޭނީ ރޭގަނޑު 10:30 އައި ހަމައަށް ދެވޭ ގޮތަށް ވަނީ ކަނޑައަޅާފައެވެ.

މާލެ ސަރަޙައްދުތަކުގައި މިހާރު އަޅާފައިވާ ފިޔަވަޅުތަކަށް ބަލާއިރު ހަވީރު 06:00 އިން ހެނދުނު ހަޔަކަށް އިންޖީނުލީ އުޅަނދު ދުއްވުން ވަނީ މަނާކޮށްފައެވެ. ނަމަވެސް ޑެލިވަރީގެ ޚިދުމަތްތަކަށް ބޭނުންކުރާ އުޅަނދުތަކަށް، އެޗްޕީއޭގެ ހުއްދަ ދަނީ ދޫކުރަމުންނެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: