ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ފައެއް ޖަހަން އާސަންދައިން ފިރުޝާނަށް އެހީވަނީ

ޝެއާރކޮށްލާ ކަހަލަދޯ؟

މިދިޔަ ފެބްރުއަރީ މަހުގެ ހަތް ވަނަ ދުވަހު ގދ.އަތޮޅު ފަޅުރަށަކަށް ގޮސްއުޅެނިކޮށް ބޮޑެތި އަނިޔާތަކެއް ލިބުމުން ފައި ބުރިކޮށްލާފައިއުމުރުން 17 އަހަރުގެ ފިރުޝާނަށް ފައި ޖެހުމަށް ހަރަދު ދޭނަން ކަމަށް އާސަންދަ އިން ބުނެފިއެވެ.

އާސަންދައިން ބުނީ ފިރުޝާންއަށް މި ހިތާމަވެރި ޙާދިސާ ދިމާވުމުން އިމަޖަންސީ ހާލަތުގަ އާސަންދައިން ވަނީ ޗާޓަރު ފްލައިޓެއްގައި ފިރުޝާން މާލެގެނެސް އާސަންދައާއި އެންސްޕާ ގުޅިގެން އައިޖީއެމްއެޗް އަދި އޭޑީކޭއިން ފިރުޝާންގެ ފަރުވާގެ ހަރަދުތައް ހަމަޖައްސައިދީފަ ކަމަށެވެ.

އެގޮތުން ޑިސްޗާޖް ކުރިފަހުން ޕްރޮސްތެޓިކް ފައެއް ޖެހުމަށް ފިރުޝާންގެ އާއިލާގެ ފަރާތުން އަދި އެންސްޕާއަށް އެހީއަށް އެދިފައެއް ނުވާކަން ފާހަގަކޮށް އާސަންދައިން ބުނީ އެންސްޕާއަށް އެހީއަށް އެދި ހުށަހެޅުމުން އާސަންދަ މެދުވެރިކޮށް މި ހަރަދުތައްވެސް ކަވަރުކޮށްދޭނެ ކަމަށެވެ.

އޭޑީކޭ ހޮސްޕިޓަލުގެ އައިސީޔޫގައި ވެސް އެތައް ދުވަހަކު ފިރުޝާނަށް ފަރުވާދޭން ޖެހުނެވެ. ކަނާތު ފައިގެ ތިން ތަނެއް ބިންދައިގެންގޮސް އޮތުމާއެކު ފުރާނައަށް ނުރައްކާވުމުގެ ފުރުސަތު އޮތުމުން ފެބްރުއަރީ މަހުގެ ކުރީކޮޅު ވަނީ އޭޑީކޭ އިން ފިރުޝާންގެ ފައި ބުރިކޮށްލާފަ އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 100%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: