ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ދިއްދޫ އަމާންވެށިން އިތުރު 10 ކުއްޖަކު ޕޮޒިޓިވްވެއްޖެ

ޝެއާރކޮށްލާ ކަހަލަދޯ؟

ހދ. ދިއްދޫގައި ހުންނަ ”ހއ. އަމާންވެށި” އިން އިތުރު 10 ކުއްޖަކު ކޯވިޑް-19އަށް ޕޮޒިޓިވް ވެއްޖެއެވެ.

ހއ. ދިއްދޫގައި ހުންނަ ހއ. އަތޮޅު ހޮސްޕިޓަލުން ބުނީ މިކުދިން ކޮވިޑަށް ޓެސްޓުކުރީ މިދިޔަ ހުކުރު ދުވަހު ކަމަށެވެ.

މިކުދިންގެ ސާމްޕަލް ނަގާފައިވަނީ ހއ. އަމާންވެށިން އިއްޔެ ކުއްޖަކު ޕޮޒިޓިވް ވުމާއި ގުޅިގެން އެކުއްޖާއާއި މިކުދިން ބައްދަލުވެފައިވާތީ އެވެ.

އެތަނުގައި މިވަގުތު ތިބީ 15 ކުދިންނެވެ. މިއަދު ޕޮޒިޓިވްވި ކުދިންނާއި އެކު އެސެންޓަރުން ކޮވިޑްއަށް ޕޮޒިޓިވްވީ ކުދިންގެ އަދަދު މިވަނީ 11 އަށް އަރާފައެވެ.

ހުކުރު ދުވަހު ފުރަތަމަ ކޯވިޑަށް ޕޮޒިޓިވްވި ކުއްޖާގެ ސާމްޕަލް ނަގާފައިވަނީ އަލާމާތްތައް ފެނުމުންނެވެ. އެ ކުއްޖާހުރީ ކަރަންޓީނުގައި ކަމުން، ބައްދަލުވެފައި ވަނީ އެކުގައި ތިބި ކުދިންނާއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: