ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ލ. ގަމުގައި ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި ދެ މީހަކަށް ސީރިއަސް އަނިޔާތަކެއް

ޝެއާރކޮށްލާ ކަހަލަދޯ؟

ލ. ގަމުގައި ނުރައްކާތެރި އެކްސިޑެންތެއް ހިނގައި ދެމީހަކަށް ސީރިއަސް އަނިޔާތަކެއްވެއްޖެއެވެ.

ދެ ސައިކަލެއް ޖެހި ހިނގި އެކްސިޑެންޓްގައ ތިން މީހަކަށް އަނިޔާވެފައިވެއެވެ. އަދި ސީރިއަސް އަނިޔާތަކެއްވެފައިވަނީ ދެ އަންހެނުންނަށްކަމަށް މަޢުލޫމާތު ލިބެއެވެ. މި އެކްސިޑެންޓް ހިނގާފައިވަނީ ގަމު މުކުރިމަގު އަވަށުގައެވެ.

ފުލުހުން ބުނީ މި އެކްސިޑެންޓްގައި އަނިޔާވެގެން ފަރުވާދެމުން ދަނީ 55 އަހަރުގެ އަންހެނަކަށާއި، 28 އަހަރުގެ އަންހެނަކަށާއި، 32 އަހަރުގެ ބިދޭސީ ފިރިހެނަކަށްކަމަށެވެ. މިއ ެކްސިޑެންޓްގައި އަނިޔާވި55 އަހަރުގެ އަންހެންމީއަށް ފަރުވާދެމުން އަންނަނީ އައިސީޔޫގައެވެ. އޭނާގެ ޙާލު ސީރިއަސްކަަމަށް މަޢުލޫމާތު ލިބެއެވެ. އަދި އޭނާ މާލެ ފޮނުވުމުގެ މަސައްކަތްކުރަމުން އަންނަކަމަށްވެސް ލ.ގަން ރީޖަނަލް ހޮސްޕިޓަލުން މަޢުލޫމާތުދެއެވެ. މި އެކްސިޑެންޓްގައި ސީރިއަސް އަނިޔާތަކެއްވި ޢުމުރުން 28 އަހަރުގެ އަންހެންމީހާގެ ކަރު ކަށިގަނޑެއް މިންދައިގެން ގޮސްފައިވާކަމަށްވެސް ހޮސްޕިޓަލުން ބުންޏެވެ.

ފުލުހުން އަންނަނީ މި އެކްސިޑެންޓް އިތުރަށް ތަޙުގީގުކުރަމުންކަމަށް ފުލުހުން ބުންޏެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: