ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އަތޮޅުތަކުގެ ތަރައްގީ އަށް މި ސަރުކާރުން އިންގިލާބީ ބޮޑު ބަދަލެއް ގެނެސްފި: ވިސާމް

ޝެއާރކޮށްލާ ކަހަލަދޯ؟

އަތޮޅުތަކުގެ ތަރައްގީ އަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުން އިންގިލާބީ ބޮޑު ބަދަލެއް ގެނެސްފައިވާ ކަމަަށް ގަމު ދާއިރާގެ އެމްޑީޕީ މެމްބަރު މުހައްމަދު ވިސާމް ވިދާޅުވެެއްޖެއެވެ.

ސަންގު ޓީވީގެ “ވާތު ސަންގު” ޕްރޮގްރާމުގައި ބައިވެރިވެވަޑައިގަތް ވާހަކަ ދައްކަވަމުން ވިސާމް ވިދާޅުވީ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން އެމްޑީޕީ ޓިކެޓުގައި ހޮވުނު ދާއިރާތަކަށް އެއްވެސް ކަމެއް ނުކޮށްދޭ ކަމަަށާއި އެއާ ހިލާފަށް މި ސަރުކާރުން ވަކި ޕާޓީއަކަށް ބެލުމެއް ނެތި ރާއްޖޭގެ ހުރިހާ ރަށެއް ތަރައްގީކޮށް ނަމޫނާ ދައްކަމުންދާ ކަމަށެވެ.

“މިސާލަކަށް ބަލަމާ މާވަށު ދާއިރާ. އެ ދާއިރާއަށް އިންތިހާބުވެފައި އެ ހުރީ ޕީއެންސީ މެމްބަރެއް. މާވަށުގައި ތަރައްގީ ކުުރުމަަށް ރައީސް ޔާމީންގެ ސަރުކާރުން ނުކުރާ މިންވަރަށް މި ސަރުކާރުން އެބަ މަސައްކަތް ކުރޭ. ބަނދަރު މަރާމާތު ކޮށްފި. ސްކޫލުގެ މަސައްކަތް އެދަނީ ކުރިއަށް.” ވިސާމް ވިދާޅުވިއެވެ.

ވިސާމް ވިދާޅުވީ ތަފާތުކުރުމެެއް ނެތި ވެރިކަމަށް އައުމަށްޓަކައި ރަށް ރަށަށް ގޮސް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވެ ވަޑައިގަތް ވައުދުތައް އިހްލާސްތެރިކަމާ އެކު ފުއްދަމުންދާ މަންޒަރު ފެންނަމުންދާ ކަމަަށެވެ. އަދި ތަރައްގީގެ ގޮތުން ބެލި ކަމުގައި ވިޔަސް ޔާމީންގެ ވެރިކަމާއި މިހާރުގެ ވެރިކަމާ އަޅާ ނުކިޔޭނެ ކަމަށް ވިސާމް ވިދާޅުވިއެވެ.

“ހަގީގަތުގައި މި ހިސާބަށް އައިއިރު އަތޮޅުތަކުގެ ތަރައްގީއަށް މި ސަރުކާރުން އިންގިލާބީ ބޮޑު ބަދަލުތަކެެއް ގެނެސްފި. ވެރިކަމެއްގައި އެންމެ ގިނައިން ކައުންސިލަރުންނާ ބައްދަލުކުރީ މި ވެރިކަމުގައި. ސީދާ ރައީސް ސޯލިހު 100 އަަށް ވުރެ ގިނަ ކައުންސިލްތަކާ ބައްދަލުކޮށްފި.” ވިސާމް ވިދާޅުވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

One Response

  1. ޔާމީނު ސަރުކާރުން ފަށާފައިވާ ޕޮރޮޖެކްޓުތަށް މިސަރުކާރުން ކުރަނީ ވަރަށްސާފް އެމްޑީޕީ ބައިގަނޑަށް ވެރިކަމާއި މަޖްލިސް އަދިކައުންސިލްތަށް ދީފައި އޮންނަ އިރުވެސް މިސަރުކާރަށް އެއްވެސް ކަމެއް ނުކުރެވޭ ވަރަށްސާފް އިނގޭތޯ

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: