ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އާ ޤާނޫނުން ތަސައްވަރުކުރާ ފުލުހުންގެ ޚިދުމަތް ބިނާކުރުމަށް ފުލުހުން އަތުކުރިއޮޅާލުމަށް ސީޕީ އިލްތިމާސްކުރައްވައިފި

ޝެއާރކޮށްލާ ކަހަލަދޯ؟

މިމަހުގެ 27 ވަނަ ދުވަހު އަމަލުކުރަންފަށާ ދިވެހި ފުލުހުންގެ ޚިދުމަތުގެ ޤާނޫނުން ތަސައްވަރުކުރާ ފުލުހުންގެ ޚިދުމަތް ބިނާކުރުމަށް ހުރިހާ ފުލުހުންނާއި މުވައްޒަފުން އަތުކުރި އޮޅާލުމަށް ކޮމިޝަނަރ އޮފް ޕޮލިސް މުޙައްމަދު ޙަމީދު އިލްތިމާސްކުރައްވައިފިއެވެ.

ކޮމިޝަނަރ އޮޮފް ޕޮލިސް މިކަމަށް އިލްތިމާސްކުރެއްވީ  ޕޮލިސް ޓްރެއިނިންގ ސްކޫލް – ދ. ވާނީގައި ރޭ ބޭއްވި 32 ވަނަ ޕޮލިސް ރެކްރޫޓް ޓްރެއިނިންގ ކޯހުގެ ދަސްވެނިވި ހިނގާލުމުގެ ރަސްމިއްޔާތުގައި ދެއްކެވި ވާހަކަފުޅުގައެވެ.

މިރަސްމިއްޔާތުގައި ކޮމިޝަނަރ އޮފް ޕޮލިސް ދެއްކެވި ވާހަކަފުޅުގައި ވަނީ މިމަހުގެ 27 ވަނަ ދުވަހު އަމަލުކުރަން ފަށާ ފުލުހުންގެ އައު ޤާނޫނަކީ ދިވެހި މުޖުތަމަޢު އެދޭފަދަ ޒާމާނީ ޑިމޮކްރެޓިކް އުސޫލުތަކާއި، އިންސާނީ ހައްޤުތަކަށް ހުރުމަތްތެރިކޮށް ހިތައި،  ދައުލަތުން ފުލުހުންގެ ހިދުމަތަށް ކުރާ ހޭދައާ ބައްދަލު ހިދުމަތެއް ފޯރުވައިދީ، އެކަންކަމަށް މުއައްސަސާ ޖަވާބުދާރީކުރުވުމުގެ އިންތިޒާމްތައް ހަރުދަނާކުރުވާނެ ގާނޫނެއްކަމަށް ވިދާޅުވިއެވެ.

ހަމައެއާއެކު ފުލުހުންގެ ޕްރޮފެޝަން ތަރައްޤީކޮށް ގާބިލްކަން އިތުރުކޮށް، ލޯކަލް ލެވަލްގައި ރައްޔިތުންނާއި އެހެން ފަރާތްތައް ގުޅިގެން ޕްރޯ އެކްޓިވް ޕޮލީސިންގ ފަލްސަފާއެއްގެ މައްޗަށް ފުލުހުންގެ ހިދުމަތް ފޯރުކޮށްދިނުމަށް އައު ގާނޫނު ލާޒިމްކުރާކަމަށް ވިދާޅުވިއެވެ.  އަދި  އައު ޤާނޫނުން ތަސައްވަރުކުރާ ފުލުހުންގެ ޚިދުމަތް ބިނާކުރުމަށް ހުރިހާ ފުލުހުންނާއި މުވައްޒަފުން އަތުކުރި އޮޅާލުމަށް އިލްތިމާސްކުރައްވައި، މިކަމުގައި ކޮންމެ ފުލުހަކާއި މުވައްޒަފެއްގެ ދަޢުރެއް އެބައޮތްކަަމަށް ވިދާޅުވިއެވެ.

ވަކިން  ހާއްސަކޮށް ޕޮލިސް ރެކްރޫޓް ޓްރެއިނިންގ ފުރިހަމަކޮށް ދަސްވެނިވާ ދަސްވެނިން ވެގެންދާނީ ޚިދުމަތުގެ މިއާބާބުގެ ތެރެއަށް ވަންނަ އާޖީލެއްގެ ފުލުހުންކަމަށްވާއިރު، އާ ޤާނޫނުން ފުލުހުންގެ ޚިދުމަތަށާއި ފުލުހުންގެ ޕްރޮފެޝަންއަށް ލިބިގެންދާނެ އަލިކަން ގަދަކޮށް އެއަލިކަން ދެމެހެއްޓުމަށް މަސައްކަތްކުރާނެ ދަރުމަވެރިންނަށް ދަސްވެނިވާ ފުލުހުން ވެގެންދާނެކަމަށް ވިދާޅުވިއެވެ.

މީގެއިތުރުން  ކުރިއަށް މިއޮތް އަހަރަކީ ފުލުހުންގެ ހިދުމަތަށް އެތައް ދާއިރާއަކުން ތަރައްޤީއާއި ކުރިއެރުން ލިބިގެންދާނެ އަހަރެއްކަމަށާއި އެގޮތުން ފުލުހުންގެ ގާބިލްކަން އިތުރުކުރުމަށް ބޭނުންވާ ތަމްރީނާއި ފުލުހުންގެ އިންފްރާސްޓްރަކްޗަރއަށް މީން ދުވަހަކު ގެނެވިފައިނުވާ ތަރައްޤީއާއި އެންމެ ޒަމާނީ ޓެކްނޮލޮޖީ ތަޢާރަފްކުރެވިގެން ދާނެކަމަށް ވިދާޅުވިއެވެ. އަދި ފުލުހުންނާއި މުވައްޒަފުންގެ ކޮމްޕިޓެންސީ އިތުރުކުރުމަށްޓަކައި ފްރޭމްވޯކްތައް ތަޢާރަފްކުރެވި، ތަޢުލީމާއި ތަމްރީނުގެ އޮނިގަނޑުތައް އެފްރޭމްވޯކްތަކާ ގުޅުވިގެންދާނެކަމަށާއި އައު ޤާނޫނުން ތަސައްވަރުކުރާ ޚިދުމަތް ރައްޔިތުންނާއި ފުލުހުންގެ ޚިދުމަތަށް އެދޭ އެންމެހާ ފަރާތްތަކަށް ފޯރުވައިދިނުމަށްޓަކައި މުއައްސަސާގެ އޮނިގަނޑަށް ބަދަލުތަކެއް ގެނެވޭނެކަމަށްވެސް ކޮމިޝަނަރ އޮފް ޕޮލިސް ވިދާޅުވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: