ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޕޮލިސް ރެކްރޫޓް ޓްރެއިނިން ކޯހުގެ އެއްވަނަ ހަސަން އިރުޝާދަށް

ޝެއާރކޮށްލާ ކަހަލަދޯ؟

ޕޮލިސް އެކަޑަމީން ހިންގި 32 ވަނަ ޕޮލިސް ރެކްރޫޓް ޓްރެއިނިންގ ކޯހުގެ އެންމެ މޮޅު ދަރިވަރަކަށް ޙަސަން އިރުޝާދު ހޮވިއްޖެއެވެ.

ޕޮލިސް ރެކްރޫޓް ޓްރެއިނިންގ ކޯސް ފުރިހަމަކުރި 84 ފުލުހަކު ރޭ ވަނީ ދަސްވެނިވެފައެވެ.

ޕޮލިސް އެކަޑަމީން ހިންގި 32 ވަނަ ޕޮލިސް ރެކްރޫޓް ޓްރެއިނިންގ ކޯހުގެ އެންމެ މޮޅު ދަރިވަރަކަށް ޙަސަން އިރުޝާދު ހޮވިއްޖެއެވެ. ޕޮލިސް ރެކްރޫޓް ޓްރެއިނިންގ ކޯސް ފުރިހަމަކުރި 84 ފުލުހަކު ރޭ ވަނީ ދަސްވެނިވެފައެވެ.

ޕޮލިސް ޓްރެއިނިންގ ސްކޫލް، ދ. ވާނީގައި ބޭއްވި މިރަސްމިއްޔާތުގައި ކޯހުން އެކި ވަނަތަކަށް ހޮވުނު ބައިވެރިންނަށް އިނާމު ހަވާލުކޮށްދެއްވީ ޝަރަފްވެރި މެހްމާން މިނިސްޓަރ އޮފް އިކޮނޮމިކް ޑެވެލޮޕްމަންޓް ފައްޔާޒް އިސްމާޢީލް އާއި ކޮމިޝަނަރ އޮފް ޕޮލިސް މުޙައްމަދު ޙަމީދު އަދި ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕޮލިސް ޢަބްދުލް މަންނާން ޔޫސުފްއެވެ. ޕޮލިސް ރެކްރޫޓް ޓްރެއިނިންގ ކޯހުން ހުރިހާ ގޮތަކުން އެންމެ މޮޅު ދަރިވަރަކަށް ހޮވުނީ ޕޮލިސް ކޮންސްޓަބަލް ޙަސަން އިރުޝާދުއެވެ. ކޯހުގެ އެންމެ މޮޅު ދަރިވަރަކަށް ހޮވުނު ޙަސަން އިރުޝާދަށް ވަނީ ކޮމިޝަނަރ އޮފް ޕޮލިސް އެކްސަލެންސް އެވޯޑްވެސް މިރަސްމިއްޔާތުގައި ހަވާލުކޮށްފައެވެ. އިރުޝާދަށް މި އެވޯޑް ހަވާލުކޮށްދެއްވީ ކޮމިޝަނަރ އޮފް ޕޮލިސް މުޙައްމަދު ހަމީދުއެވެ.

މިކޯހުގެ އިންޑޯ މާއްދާތަކުން އެއްވަނަ ދަރިވަރަކަށް ހޮވުނީ ޕޮލިސް ކޮންސްޓަބަލް އިބްރާހިމް އުސްމާން. އައުޓްޑޯ މާއްދާތަކުން އެއްވަނަ ދަރިވަރަކަށް ހޮވުނީ ޕޮލިސް ކޮންސްޓަބަލް ޙަސަން އިރުޝާދުއެވެ. ސްކޮޑްތަކުގެ ވަނަތަކަށް ބަލާއިރު، ރަންވިއްކާ ސްކޮޑުން އެއްވަނަ ދަރިވަރަކަށް ޕޮލިސް ކޮންސްޓަބަލް ރީޝާން މުޙައްމަދު ހޮވުނުއިރު، ހާޖީ ސްކޮޑުން އެންމެ މޮޅު ދަރިވަރަކަށް ހޮވުނީ ޕޮލިސް ކޮންސްޓަބަލް ޙުސައިން ޖައިޝަމްއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: