ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އުތުރުތިލަފަޅު އެއްބަސްވުމުގެ ހަގީގަތް ސަރުކާރުން ދިވެހި ރައްޔިތުންނަށް ހާމަކޮށްދޭންޖެހޭ: އުޝާމް

ވިލިމާލެ ދާއިރާގެ މެމްބަރު އަހުމަދު އުޝާމް— ފޮޓޯ: އަވަސް
ޝެއާރކޮށްލާ ކަހަލަދޯ؟

އުތުރުތިލަފަޅު އެއްބަސްވުމުގެ ހަގީގަތް ސަރުކާރުން ދިވެހި ރައްޔިތުންނަށް ހާމަކޮށްދޭންޖެހޭ ކަމަަށް ވިލިމާލެ ދާއިރާގެ މެމްބަރު އަހުމަދު އުޝާމް ވިދާޅުވެއްޖެއެވެ.

އުޝާމް މިހެން ވިދާޅުވީ އުތުރު ތިލަފަޅުގެ އެއްބަސްވުމުގެ ޑްރާފްޓެއް ކަމަށްބުނާ ލިޔުމެއް ސޯސަލް މީީޑިއާގައި ލީކް ވުމާ ގުޅިގެންނެވެ.

މިކަމާ ގުޅިގެން އުޝާމް ވިދާޅުވީ އެއްވެސް ގައުމެއްގެ މިލިޓަރީ ބޭސްއެއް އަދި އެއްވެސް ގައުމެއްގެ އަސްކަރީ އޮފިސަރުން މި ގައުމުގައި ދާއިމީގޮތެއްގައި ތިބުމުގެ ފުރުސަތު ދެވިގެން ނުވާނެ ކަމަަށެވެ.

“އުތުރުތިލަފަޅު އެއްބަސްވުމުގެ ހަގީގަތް ސަރުކާރުން ދިވެހި ރައްޔިތުންނަށް ހާމަކޮށްދޭންޖެހޭ.” އުޝާމް ވިދާޅުވިއެވެ.

ލީކް ކޮށްލާފައިވާ ޑްރާފްޓް އެއްބަސްވުމުގައި ވާގޮތުން އިންޑިއާ ސިފައިން އުތުރު ތިލަފަޅުގައި ހަތިޔާރާއެކު ހަރަކާތްތެރިވާނެއެވެ. އަދި ކަނޑުގެ ސަރަހައްދު ބެލުމުގައި އެމީހުންނަށް ހަތިޔާރާއި އެކު ހަރަކާތްތެރިވެވޭނެ ކަމަށް ބަޔާންކޮށްފައިވެއެވެ.

ލީކް ކޮށްލާފައިވާ ޑްރާފްޓް އެއްބަސްވުމުގައި ސޮއިކޮށްފައި ނެތްއިރު، މީގައި ވާގޮތުން މި އެއްބަސްވުން ވެފައިވަނީ 30 އަހަރުގެ މުއްދަތަށެވެ. އަދި ދެފަރާތުން އެއްބަސްވާނަމަ އިތުރު 30 އަހަރަށް އެއްބަސްވުން ދިގުދަންމާލެވޭނެ ކަމަށް ވެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: