ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ފައިޒާ ވެކްސިނާއި ސައިނޯފާމް ވެކްސިން ރާއްޖޭގައި ބޭނުންކުރުމަށް އެމްއެފްޑީއޭ އިން ހުއްދަދީފި

ޝެއާރކޮށްލާ ކަހަލަދޯ؟

އެމެރިކާގެ ފައިޒާ ކުންފުންޏާއި ޖަރުމަނުގެ ބަޔޯއެންޓެކް ގުޅިގެން އުފައްދާފައިވާ ފައިޒާ ވެކްސިނާއި ޗައިނާގެ ސައިނޯފާމް ވެކްސިން ރާއްޖޭގައި ބޭނުން ކުރުމުގެ ހުއްދަ މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެފްޑީއޭ) އިން ދީފި އެވެ.

މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެފްޑީއޭގެ ޑެޕިއުޓީ ޑިރެކްޓަރ ޖެނެރަލް އައިޝަތު މުހައްމަދު ވިދާޅުވީ، މި ދެ ވެކްސިން ރާއްޖޭގައި ބޭނުން ކުރުމަށް އެމަޖެންސީ ޔޫސް އެޕްރޫވަލް ދީފައިވަނީ 14 މާޗްގައި ކަމަށެވެ.

ސިނޮފަމްގެ 18000 ޑޯޒް ވެކްސިން މިހާރު ރާއްޖެއަށް ލިބިފައިވާއިރު ފައިޒާގެ ވެކްސިން ވަނީ ލިބުމުގެ މަގުމަތީގައެވެ.

ފެބްރުއަރީ މަހުގެ 1 ވަނަ ދުވަހު ރާއްޖޭގައި ފެށި ވެކްސިން ޕްރޮގްރާމްގައި މިހާތަނަށް ބޭނުން ކުރަމުން އައީ އިނގިރޭސިވިލާތުގެ އޮސްފޯޑް ޔުނިވަރސިޓީ އާއި އެކްޓްރަޒެނެކާގެ ފޯމިއުލާ އަށް އިންޑިއާގެ ސީރަމް އިސްޓިޓިއުޓުން އުފައްދާފައިވާ ކޮވިޝީލްޑް ވެކްސިނެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: