ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އުތުރު ތިލަފަޅު ޑްރާފްޓް އެއްބަސްވުން ކަމަށްބުނެ ދައުރު ކުރަނީ ދޮގު ލިޔުމެއް: ޑިފެންސް

ސިފައިންގެ އެންމެ މަތި ވެރިޔާ ރައީސް ޞާލިހުއާއި ޑިފެންސް މިނިސްޓަރ މާރިޔާ އަދި ބައެއް ސިފައިންގެ އޮފިސަރުން --- ފޮޓޯ: މީސްމީޑިއާ
ޝެއާރކޮށްލާ ކަހަލަދޯ؟

އުތުރު ތިލަފަޅު ޑްރާފްޓް އެއްބަސްވުން ކަމަށްބުނެ ދައުރު ކުރަމުންދަނީ ދޮގު ލިޔުމެއް ކަމަށް ޑިފެންސް މިނިސްޓްރީން ބުނެފިއެވެ.

ޑިފެންސް މިނިސްޓްރީން ނެރުނު ނޫސްބަޔާނެއްގައި ބުނެފައިވަނީ ދިވެހިރާއްޖެއާއި އިންޑިއާ ދެމެދު ސޮއިކޮށްފައިވާ އެއްބަސްވުމެއްގެ ކޮޕީއެއް ކަމަށްބުނެ، 2021 މާރިޗު 15 ވީ ހޯމަދުވަހު، މީޑިއާގައި މައުލޫމާތުތަކެއް ދައުރުވަމުންދާކަން ޑިފެންސް މިނިސްޓްރީގެ ސަމާލުކަމަށް އައިސްފައިވާ ކަމަށެވެ.

ޑިފެންސް މިނިސްޓްރީން ބުނެފައިވަނީ ދިވެހިރާއްޖެއާއި އިންޑިއާ އާދެމެދު ސޮއިކޮށްފައިވާ އެއްބަސްވުމެއް ކަމަށްބުނެ ދައުރުކުރަމުންދާ ލިޔެކިޔުންތަކަކީ ހަޤީޤަތާ ޚިލާފު ދޮގު ލިޔެކިޔުންތަކެއްކަމަށެވެ.

ޑިފެންސް މިނިސްޓްރީން ބުނީ، ދިވެހިރާއްޖޭގެ ގައުމީ ސަލާމަތާއި، ދިވެހި ދައުލަތުގެ މަސްލަހަތާއި، ދިވެހި ރައްޔިތުންގެ ރައްކާތެރިކަމާއި ގުޅޭ މައުލޫމާތު ފެތުރުމުގައި ހާއްސަ ސަމާލުކަމެއް ދިނުމަށް އިލްތިމާސް ކުރާ ކަމަށެވެ.

އަދި ދިވެހިރާއްޖެ އާއި އަވަށްޓެރި ގައުމުތަކާއި ދެމެދު އުފެދިފައިވާ ގުޅުންތައް ހީނަރުވެ، ދިވެހި ރައްޔިތުންގެ މަސްލަހަތުތައް ގެއްލި، ހަމަނުޖެހުމަށް މަގުފަހިވާގޮތަށް ހަގީގަތާއި ހިލާފް ދޮގު ހަބަރާއި މައުލޫމަތު ނުފެތުރުމަށް ޑިފެންސް މިނިސްޓްރީ އިން އިލްތިމާސްކޮށްފައިވެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 43%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 57%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: