ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މިއަދު ލީކް ކޮށްލި އެއްބަސް ވުމަކީ ސައްޙަ ލިޔުމެއް، އިތުރު މައުލޫމާތު މާދަމާ: އުމަރު

އުމަރު ނަސީރު-- ފޮޓޯ: މިހާރު
ޝެއާރކޮށްލާ ކަހަލަދޯ؟

މިއަދު ލީކުކޮށްލި އުތުރު ތިލަފަޅުގެ އެއްބަސްވުމަކީ ސައްހަ ލިޔުމެއް ކަމަށް ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު ވިދާޅުވެއްޖެއެވެ.

އުތުރު ތިލަފަޅުގައި ރާއްޖޭގެ ކޯސްޓް ގާޑަށާއި އެމްއެންޑީއެފްގެ ވައިގެ ބަޔަށް ގާއިމުކުރާ ހާއްސަ ފެސިލިޓީޒްއާ ބެހޭ ގޮތުން ރާއްޖެ އާއި އިންޑިއާ އިން ސޮއިކޮށްފައިވާ އެއްބަސްވުމާ ގުޅޭ ގޮތުން މިއަދު ލީކުކުރީ ދޮގު ލިޔުންތަކެއް ކަމަށް ރާއްޖޭގެ ޑިފެންސް މިނިސްޓްރީން ވަނީ ބުނެފައެވެ.

ނަމަވެސް މިކަމާ ގުޅިގެން އުމަރު ވިދާޅުވީ އޭނާ މިއަދު ލީކުކޮށްލި އެއްބަސް ވުމަކީ ސައްޙަ ލިޔުމެއް ކަމަށާއި އެއީ އިންޑިޔާއިން ފޮނުވި އެއްބަސްވުމުގެ ސްކޭން ކޮޕީއެއް ކަމަށެވެ.

“އިތުރު މަޢުލޫމާތު އިރާދަކުރެއްވިއްޔާ، މާދަމާ ޑީއެންއޭ އިން ގެނެސްދޭނަން” އުމަރު ވިދާޅުވިއެވެ.

ސޯޝަލް މީޑިއާގައި ލީކް ކޮށްލާފައިވާ ޑްރާފްޓް އެއްބަސްވުމުގައި ވާގޮތުން އިންޑިއާ ސިފައިން އުތުރު ތިލަފަޅުގައި ހަތިޔާރާއެކު ހަރަކާތްތެރިވާނެއެވެ. އަދި ކަނޑުގެ ސަރަހައްދު ބެލުމުގައި އެމީހުންނަށް ހަތިޔާރާއި އެކު ހަރަކާތްތެރިވެވޭނެ ކަމަށް ބަޔާންކޮށްފައިވެއެވެ.

ލީކް ކޮށްލާފައިވާ ޑްރާފްޓް އެއްބަސްވުމުގައި ސޮއިކޮށްފައި ނެތްއިރު، މީގައި ވާގޮތުން މި އެއްބަސްވުން ވެފައިވަނީ 30 އަހަރުގެ މުއްދަތަށެވެ. އަދި ދެފަރާތުން އެއްބަސްވާނަމަ އިތުރު 30 އަހަރަށް އެއްބަސްވުން ދިގުދަންމާލެވޭނެ ކަމަށް ވެއެވެ.

ވަރަށް ގަދަ
60%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 40%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: