ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ގައިދުރުކޮށް ސަފު ހެދުމަކީ ހުއްދަކަމެއް: ފަތުވާ މަޖިލީސް

ޝެއާރކޮށްލާ ކަހަލަދޯ؟

ޖަމާއަތުގައި ނަމާދުކުރާއިރު، ގައިދުރުކޮށް ސަފު ހެދުމަކީ ހުއްދަކަމެއްކަމަށް ފަތުވާ މަޖިލީހުން ބުނެފި އެވެ.

މިއަދު ފަތުވާ މަޖިލީހުން ނެރުއްވި ބަޔާނެއްގައި ވިދާޅުވީ ގައިދުރުކޮށްގެން ސަފުހަދައިގެން ޖަމާޢަތުގެ ނަމާދުކުރުމީ ކީރިތި ޤުރުއާނާއި ޙަދީޘްތަކާއި ޢިލްމުވެރިންގެ ބަސްފުޅުތަކުން ޞައްޙަ ކަމަށް ދަލީލު ލިބޭ އަދި މިހާރު ދުނިޔޭގެ ގިނަ ޤައުމުތަކުގެ ފަތުވާދޭ މަޖިލީސްތަކުން މިޙާލަތާއި ގުޅުވައިގެން ހުއްދަ ކަމެއްކަމެއްގެ ގޮތުގައި ފަތުވާތައް ނެރެފައިވާ ކަމެއް ކަމަށެވެ.

ޞިއްޙީ ގޮތުން ލާޒިމުކުރާ އިޖްރާއަތްތަކަށް ތަބާވުން ވާޖިބުކަމަކަށް ވީހިނދު އެކަމަކީ ޢުމުރުގެ ގޮތުން ވިޔަސް، ފަރުދުންގެ ސަލާމަތާއި ރައްކާތެރި ކަމާއި ގުޅިފައިވާ ކަމަކަށް ވިޔަސް، އަދި ނަމާދުކުރާ މީހުންގެ ޞިއްޙީ ޙާލަތާއި ގުޅިފައިވާ ކަމަކަށްވިޔަސް، އަދި މިސްކިތަށް ވަނުމުގެ ކުރިން އަދާކުރަން ޖެހޭ ކަމަކަށް ވިޔަސް، އިތުބާރު ހުރި ޞިއްޙީ މާހިރުން މިކަމަށް ދެއްވާ އިރުޝާދަށް ބޯލެނބުމަކީ ދީނީގޮތުން ވާޖިބުކަމެއް ކަމަށް ފަތުވާ މަޖިލީހުން ވިދާޅުވިއެވެ.

މިޙާލަތުގައި ޖަމާޢަތުގައި ނަމާދު ކުރާ މީހުންނާއި ހުކުރު ނަމާދު ކުރާމީހުން ސަފުގައި އިޖްތިމާޢީ ގައިދުރުކޮށްގެން ސަޕްހަދައިގެން ނަމާދު ކުރެވޭނެ ކަމަށް ޖުމްހޫރު ޢިލްމުވެރިން ދެކެވަޑައިގަންނަވާކަމަށާއި ކަންމިހެން އޮތުމުން މިއުޞޫލުގެ މައްޗަށް ބިނާކޮށް އިސްލާމީ ދުނިޔޭގެ ހުރިހާ ޤައުމެއްގައިވެސް މިއަދު ޢަމަލު ކުރަމުންދަނީ މިގޮތަށް ކަމަށް ބަޔާނުގައި ވިދާޅުވިއެވެ.

“ފަހެ އެއްވެސް ސަބަބެއްނެތި ހުރިހާ ކަމެއް ފުރިހަމަވެގެންވާ ޙާލަތުގައި އަމިއްލަ އިޚްތިޔާރުގައި ނަމާދު ކުރާމީހުންގެ ސަފުތަކުގައި ހުސްތަން ބާއްވައިގެން ނަމާދު ކުރުމަކީ ޖުމްހޫރު ޢިލްމުވެރިންގެ ގާތުގައި މަކްރޫހަ ކަމެކެވެ. އެކަމަކު މަޖްބޫރު ޙާލަތުގައި މިދެންނެވި މަކްރޫހަކަން ނެތިގެންދާނެއެވެ. އެއީ އަންނަނިވި ފިޤްހީ ޤާޢިދާގައިވާ ފަދައިންނެވެ. “ކަމެއް ދަތިވެގެންދާ ހިނދު އެކަން (އެބަހީ: އެކަމުގެ ޙުކުމް) ތަނަވަސް ވެގެން ދެއެވެ.” ވީމާ، އިތުބާރު ހުރި ޞިއްޙީ މޯހިރުންގެ ލަފަޔާއި އިރުޝާދާ ޚިލާފަށް ތަންތަނަށް ޖަމާވެ ހެދުމަކީ އެމީހަކު ފާފަވެރިވާނެ ކަމެކެވެ. އަދި މިގޮތަށް އެމީހަކު އެކުރި ކަމެއްގެ ފަރުދީ ޒިންމާ އެމީހާ އުފުލަންޖެހޭނެއެވެ.” ފަތުވާ މަޖިލީހުގެ ބަޔާނުގައި ވެއެވެ.

ދުނިޔޭގެ ޤައުމުތަކުގެ ފަތުވާ މަޖިލީސްތަކުން އެއްބަސްވެފައިވަނީ އެގޮތަށް ޢަމަލުކޮށް ކަމުގެ ޙުރުމަތް ކަނޑައިލުމާއި އެކަމުގެ ސަބަބުން ބަލި އިތުރަށް ފެތުރޭނެ ގޮތް ތަނަވަސްވެ ތިމާގެ ނަފުސާއި މުޖުތަމަޢު ކޮވިޑްގެ ކާރިޘާގެ ނުރައްކަލަށް ހުށައެޅުމަކީ ޙަރާމް ކަމެއް ކަމަށް ކަމުގައި ވެސް ފަތުވާ މަޖިލީހުން ވިދާޅުވިއެވެ.

ވަރަށް ގަދަ
50%ވަރަށް ގަދަ 50%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: