ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އިޔާޒް، ފަތުވާ މަޖިލީހަށް: ދުނިޔޭގެ ވަގުތީ އުފަކަށްޓަކައި ކުޑަ އަގަކަަށް ދީން ވިއްކާ ނުލައްވާ!

ޑރ. މުހައްމަދު އިޔާޒް--
ޝެއާރކޮށްލާ ކަހަލަދޯ؟

ދުނިޔޭގެ ވަގުތީ އުފަކަށްޓަކައި ކުޑަ އަގަކަަށް ދީން ވިއްކާ ނުލެއްވުމަަށް ޑރ. މުހައްމަދު އިޔާޒް، ފަތުވާ މަޖިލީހަށް ގޮވާލައިފިއެވެ.

އިޔާޒް މިހެން ވިދާޅުވީ ކޮވިޑް-19 ގެ ހާލަތުގައި ގައިދުރުކޮށް ސަފުހަދައިގެން ޖަމާއަތުގައި ނަމާދު ކުރުމަކީ މަކުރޫހަކަމަކާ ނުލާ ހުއްދަ ކަމެއްކަމަށް އިސްލާމީ ފަތުވާ ދޭ އެންމެ މަތީ މަޖިލީހުން ބުނުމާ ގުޅިގެންނެވެ.

އެގޮތުން އިޔާޒް ކުރެއްވި ޓްވީޓެއްގައި ވަނީ ހާލަތު ރަނގަޅަށް ދިރާސާ ކުރެއްވާ އިހްލާތެރިކަމާއި ތެދުވެރިކަމާއެކު ފަތުވާ ނެރުއްވުމަށް ގޮވާލާފައެވެ. އޭނާ ވިދާޅުވީ މާތްﷲގެ ހަސްރަތުގައި ސުވާލު ކުރެވޭނެ ދުވަހެއް އަންނާނެ ކަމަށެވެ.

ގައިދުރުކަމާއެކު ޖަމާއަތުގައި ނަމާދުގެ ޖަމާއަތް މިސްކިތްތަކުގައި ޤާއިމު ކުރުމާމެދު އިސްލާމްދީނުގައި އޮންނަ ގޮތް ހާމަކޮށް ފަތުވާ މަޖިލީހުން ނެރެފައިވާ ފަތުވާގައި ބުނެފައިވަނީ މިއަދު ދުނިޔެއަށް ކުރިމަތިވެފައިވާ ކޮރޯނާ ބަލިމަޑުކަމުގެ ކާރިޘާގެ ހާލަތުގައި ދީނީ އިޖްތިމާއީ ބައެއް ކަންކަން އަދާކުރުމުގައި އާއްމު ހާލަތާއި އެއްގޮތަށް އަމަލު ކުރުމަށް ދަތިތަކެއް ކުރިމަތިވެފައިވާކަމަށެވެ.

އެގޮތުން މި މައުޟޫގައި ދުނިޔޭގެ ފަތުވާ މަޖިލީސްތަކާއި ފަތުވާ ކޮމެޓީތަކުން ނެރެފައިވާ ފަތުވާތަކުން ދަލީލުކޮށްދެނީ ކޮރޯނާ ވައިރަސް ފެތުރިދާނެކަމުގެ ބިރަށްޓަކައި މީސްތަކުން އެއްވެގެން ހެދޭ ޖަމާއަތްތައް ހެދުން ހުއްޓާލުން ސައްހަކަމަށް ކަމަށެވެ.

ފަތުވާ މަޖިލީހުން ބުނެފައިވަނީ މިކަމުގައި މުސްލިމުންގެ މައްޗަށް ލާޒިމުވަނީ އިތުބާރު ހުރި ސިއްހީ މާހިރުންދޭ މައުލޫމާތުގެ މައްޗަށް ބުރަވެތިބެ އެއާ އެއްގޮތަށް އަމަލުކުރުމަށް ކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 100%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: