ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރައީސް ސޯލިހް އަޒަލުކުރުމުގެ މަސައްކަތް އިދިކޮޅުން ރަސްމީކޮށް ފަށައިފި

ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ސޯލިހް
ޝެއާރކޮށްލާ ކަހަލަދޯ؟

އުތުރު ތިލަފަޅުގެ އެއްބަސްވުން ބާޠިލުކުރުމަށާއި، ޤާނޫނުއަސާސީއާ ޚިލާފަށް ރައީސުލް ޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހު ވެރިކަން ކުރައްވާތީ އެމަނިކުފާނު މާޤާމުން ދުރުކުރުމަށް ކުރަންޖެހޭ މަސައްކަތް ކުރުމަށް ގޮވާލާ އިދިކޮޅު ޕީޕީއެމް/ޕީއެންސީގެ ޖޮއިންޓް ކައުންސިލަށް ގަރާރެއް ހުށަހަޅައިފިއެވެ.

މި ގަރާރުގައި ބުނެފައިވާ ގޮތުގައި އަވައްޓެރި އިންޑިއާއާ އެކު ސަރުކާރުން ހެދި އުތުރު ތިލަފަޅުގެ އެއްބަސްވުމުގެ ސަބަބުން ރާއްޖޭގެ މިނިވަންކަމާއި ސިޔާދަތަށް ރައީސުލް ޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހު ވަނީ އިހުމާލުވެވަޑައިގެންފައެވެ.

އުތުރު ތިލަފަޅު ތަރައްޤީކުރުމަށް އިންޑިއާއާއެކު ވެފައިވާ  އެއްބަސްވުމުގައި ރައީސުލްޖުމްހޫރިއްޔާގެ ސީދާ ބައިވެރިވުން ހިމެނޭ ކަމަށް ވެސް ވަނީ ފާހަގަކޮށްފައެވެ.

އުތުރު ތިލަފަޅުގައި އިންޑިއާ ސިފައިން ބޭތިއްބުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހްގެ ސަރުކާރުން ސޮއި ކޮށްފައިވާ އެއްބަސްވުމުގެ ދަށުން އިންޑިއާ ސިފައިންނަށް ރާއްޖޭގައި 60 އަހަރު ، ހަތިޔާރާއެކު ތިބެވޭނެ ކަމަށް ބުނާ ލިޔުމެއް އިއްޔެ ވަނީ ދައުރު ވެފައެވެ.

އަދި ގޮތްނެގޭ އެއްބަސްވުންތަކެއް އަވައްޓެރި އިންޑިއާ އާއިއެކު ހަދައި، އެ އެއްބަސްވުންތަކުގެ ސަބަބުން ރާއްޖޭގެ މިނިވަންކަމާއި ސިޔާދަތަށް ގެއްލުންވާގޮތަށް އޭގައި އެއްބަސްވެފައިވާކަމަށް ތުހުމަތުކުރެވޭތީ އެ އެއްބަސްވުން ބާޠިލުކުރުމަށާއި، އަދި ރައީސުލް ޖުމްހޫރިއްޔާގެ ފަރުވާކުޑަކަމާއި އިހްމާލުވުން ބޮޑުކަމާއި، ޤާނޫނުއަސާސީއަށް ޙުރުމަތްތެރިކޮށް ނުހިއްތަވާކަމަށް ޤަބޫލުކުރެވޭތީވެ، ރައީސުލް ޖުމްހޫރިއްޔާ މަޤާމުން ދުރުކުރަން ކުރަންޖެހޭ އެއްމެހައި މަސައްކަތްތައް ކުރުމަށް ގޮވާލާ މި ޤަރާރު ޕްރޮގުރެސިވް ކޯލިޝަންގެ ޖޮއިންޓް ކައުންސިލަށް ހުށަހަޅާ ކަމައް ބުނެފައިވެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 24%ވަރަށް ގަޔާވޭ 67%ބޮޑު ޖޯކެއް 5%ހައިރާންވެއްޖެ 0%ވަރަށް ދެރަ 5%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

One Response

  1. ގައުމަށް ޣައްދާރުވާ މީހަކަށް ވެރިކަމުގެ ބާރު ދީފައި ބަހައްޓަން ހެޔޮނުވާނެ…..!!! ވީމާ ރައީސް ޞޯލިޙު މިހާރުން މިހާރަށް އިސްތިޢުފާ ދޭން ޖެހޭ…….!!!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: