ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޕެޑާ ބެހޭގޮތުން ދެއްކި ވާހަކަތަކަށް އަނދުން ހުސައިން މާފަށް އެދިއްޖެ

ރައްޔިތުންގެ މަޖިލީހުގެ ހެންވެއިރު ދެކުނު ދާއިރާގެ މެންބަރު ހުސައިން ޝަހީމު
ޝެއާރކޮށްލާ ކަހަލަދޯ؟

ޕެޑާ ގުޅޭ ގޮތުން ދެއްކެވި ވާހަކަތަކަށް އެމްޑީޕީގެ ޕާލިމެންޓްރީ ގްރޫޕްގެ ޑެޕިއުޓީ ލީޑަރު، ހެންވޭރު ދެކުނު ދާއިރާގެ މެންބަރު ހުސައިން ޝަހީމް (އަނދުން ހުސައިން) މާފަށް އެދިއްޖެއެވެ.

މިދިޔަ ހޯމަ ދުވަހުގެ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފް ވިދާޅުވީ ރައީސް އިބްރާހިމް ސޯލިހަށް ރާއްޖޭގެ ހާލަތު ފެނިވަޑައިގަންނަވަނީ “ވަޅެއްގައި އޮންނަ ބޮކަކަށް އުޑު” ފެންނަ ގޮތަކަށް ކަމަށެވެ.

ރައީސް ސޯލިހަށް އާދަމް ޝަރީފް ފާޑު ވިދާޅުވާން ފެށުމާއެކު އަނދުން ހުސައިން ވަނީ ނިޒާމީ މައްސަލައެއް ނަންގަވައިފައެވެ.

އަނދުން ހުސެއިން ވިދާޅުވީ އާދަމް ޝަރީފް މަޖިލިހަށް ވަޑައިގަންނަވަނީ ޕެޑް ޖައްސަވައިގެން ކަމަށެވެ.

“އަޅުގަނޑުމެންނަށް ފެނޭ ކިތަންމެ ދުވަހަކު، އާދަމް ޝަރީފް ވަޑައިގަންނަވާ އިރު ފެޑް ޖައްސަވާފައި ހުންނަވާ ތަން. ފަހަތުން ތެމިފަ، ލޭ ތެމިފަ” އަނދުން ހުސައިން ވިދާޅުވިއެވެ.

އަނދުން ހުސައިން ސިޔާސީ ރައްދެއްގެ ގޮތުގައި “ޕެޑް” ބޭނުން ކުރެއްވުމުން، އެއީ އަންހެނުންނަށް ކުރި ފުރައްސާރައެއްގެ ގޮތުގައި ސިފަކޮށް ސޯސަލް މީޑިއާގައި ގިނަ ބަޔަކު ގެންދަނީ އޭނާއަށް ފާޑުކިޔަމުންނެވެ.

މިކަމާ ގުޅިގެން އަނދުން ހުސައިން މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ކަނބަލުންނަށް ނިސްބަތްވާ ގޮތަށް ދެކެވުނު ވާހަކައަށް މާފަށް އެދޭ ކަމަށެވެ.

“ބަލައި ނުގަނެވޭނެ ފަދަ ވާހަކައެއްކަން ގަބޫލުކުރަން. އަޅުގަނޑު މިފަދަ ބަސްތަކަށް އިތުރަށް ސަމާލުވާނަން.” އަނދުން ހުސައިން ވިދާޅުވިއެވެ.

ވަރަށް ގަދަ
11%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 21%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 68%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: