ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ހުރިހާ ރަށަކަށް ބޭނުންވާ އެމްބިއުލާންސް ޖޫން މަހުގެ ކުރިން ލިބޭނެ: މިނިސްޓަރު ނަސީމް

ޝެއާރކޮށްލާ ކަހަލަދޯ؟

ރާއްޖޭގެ ހުރިހާ ރަށްތަކަށް ބޭނުންވާ އެންބިއުލާންސް މިއަހަރުގެ ޖޫން މަހުގެ ނިޔަލަށް ހަމަވާނެކަމަށް ހެލްތު މިނިސްޓަރު އަހުމަދު ނަސީމް ވިދާޅުވެއްޖެ އެވެ.

އެންމެބިއުލާންސް ލިބޭނެ ދުވަހަކާއި ގުޅޭގޮތުން މިއަދު މަޖިލީހުގައި މަކުނުދޫ ދާއިރާގެ މެމްބަރު ކުރި ސުވާލަށް ޖަވާބު ދެއްވަމުން މިނިސްޓަރ ނަސީމް ވިދާޅުވީ ރާއްޖޭގެ ހުރިހާ ރަށަކަށް ބޭނުންވާ އެންބިއުލާންސް ހަމަކުރުމަކީ މިނިސްޓްރީގެ ވަރަށް ބޮޑު އަމާޒެއްކަމަށެވެ.

މިނިސްޓަރު ވިދާޅުވީ ކުދި ރަަށްރަށަށް އެމްބިއުލެންސް އެކަށީގެންވާ ވަރަށް ފޯރުނުކޮށްދެެވޭ ކަމަށާއި އަދި ހާއްސަ ގޮތެއްގައި މިހާރު ކުދިކުދި ރަށްތަކަކީ އެކަހެރި ވެފައި އޮންނަ ރަށްތަކެއް ނޫން ކަމަށް ބަލާއި އެ ރަށްރަށަށް ދޭން ޖެހޭ ހިދުމަތްތައް އެހެނިހެން ރަށްރަށެކޭ ވެސް އެއްފަދައިން ދިނުމަށް މަސައްކަތް ކުރާނެ ކާމަށެވެ.

އަދި މިފަހަރު އަންނަ އެމްބިއުލެންސް ޕްރޮގްރާމްގެ އެންމެ މަތީގައި އޮންނާނީ މަކުނުދޫ ދާއިރާ ކަމަށް ވެސް މިނިސްޓަރު ފާހަގަކުރެއްވި އެވެ.

މިނިސްޓަރ ވިދާޅުވީ ރާއްޖެއަށް ގެންނަ އެންބިއުލާންސް ތަކަކީ މިނިސްޓްރީން ގަނެގެން ގެންނަ އެންބިއުލާންސާއި، ޖަޕާން ސަރުކާރުގެ ހިލޭ އެހީގެ ދަށުން ލިބޭ އެންބިއުލާންސްތައް ކަމަށެވެ. އަދި އަމާޒަކީ މި އެންބިއުލާންސްތައް ރާއްޖެއަށް ގެނެވި މިއަހަރުގެ ޖޫންމަހުގެ ކުރިން ހުރިހާ ރަށެއްގައި އެންބިއުލާންސް ހަމަކުރުންކަމަށް ވެސް މިނިސްޓަރު ވިދާޅުވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: