ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޕިއްޒާބޯނާގެ ކައުންޓަރުގައި އޮތް ފޯނެއް ވަގަށް ނެގި މީހަކު ހޯދަނީ

ޝެއާރކޮށްލާ ކަހަލަދޯ؟

ޕިއްޒާބޯނާގެ ކޭޝް ކައުންޓަރުގައި ބާއްވާފައިއޮތް ފޯނެއް ވަގަށް ނެގި މައްސަލައަކާ ގުޅިގެން މީހަކު ހޯދަން ފުލުހުން އިއުލާނު ކޮށްފިއެވެ.

ވީޑިއޯ އާންމުކޮށް ފުލުހުން ބުނީ ވީޑިއޯއިން ފެންނަ މީހަކީ 2021 މާރިޗު 3 ވަނަ ދުވަހުގެރޭގެ ވަގުތެއްގައި މާފަންނުގައި ހުންނަ ޕިއްޒާބޯނާގެ ކޭޝް ކައުންޓަރުގައި ބާއްވާފައިއޮތް މޯބައިލް ފޯނެއް ވަގަށް ނަގާފައިވާ މައްސަލައަކާ ގުޅިގެން ފުލުހުންގެ ޖެނެރަލް އިންވެސްޓިގޭޝަން ޑިޕާޓްމަންޓުން ކުރަމުންދާ ތަހުގީގަށް ހޯދަމުންދާ މީހެއް ކަމަަށެވެ.

ވީމާ މިމީހާއާބެހޭ އެއްވެސް މަޢުލޫމާތެއް ލިބިފައިވާނަމަ ޖެނެރަލް އިންވެސްޓިގޭޝަން ޑިޕާޓްމަންޓްގެ ނަމްބަރު 9631696 އަށް ގުޅުއްވައި މިމައްސަލައިގެ އިންސިޑެންޓް ނަންބަރު ވިދާޅުވެ، އެމައުލޫމާތެއް ހިއްސާކުރެއްވުން ފުލުހުން އެދެއެވެ.

މިމައްސަލައިގެ އިންސިޓެންޑް ނަންބަރަކީ 480632 އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 100%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: