ރާއްޖެއިން މިހާތަނަށް 215،852 މީހުން ކޮވިޑް ވެކްސިންގެ ފުރަތަމަ ޑޯޒް ޖަހާފައިވާ ކަމަށް ހެލްތް އިމަޖަންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ) އިން ބުނެފި އެވެ.
އެގޮތުން އިއްޔެ ވަނީ 1366 މީހަކަށް ވެކްސިން ދީފައެވެ.
އެ އެންމެންނަކީ ވެސް އަތޮޅުތެރެއިން ވެކްސިން ޖެހި މީހުން ކަމަށްވާއިރު މާލެ ސަރަހައްދުގައި ވެކްސިންގެ ފުރަތަމަ ޑޯޒު ޖަހައިދިނުން މިހާރު ވަނީ ހުއްޓާލާފައެވެ.
އެގޮތުން މިހާތަނަށް މާލެ ސަރަހައްދުން 121،630 މީހަކަށް ވަނީ ކޮވިޑް ވެކްސިން ދީފައެވެ
އަދި އަތޮޅުތަކުން 94،222 މީހަކަށް ވެކްސިން ދީފައިވެއެވެ.