ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މެމްބަރުން ހަމަނުވާ ޕާޓީތައް އުވިގެންދާ ގަވައިދު: އަށް އަހަރު ފަހުން ހުކުމަކާއި ހަމައަށް!

މައްސަލައިގައި ސުޕްރީމް ކޯޓުގައި ކުރިޔަށް ގެންދިޔަ އަޑުއެހުމުގެ ތެރެއިން
ޝެއާރކޮށްލާ ކަހަލަދޯ؟

ރާއްޖޭގައި ހަރަކާތްތެރިވާ ސިޔާސީ ޕާޓީތަކުގެ މެމްބަރުންގެ އަދަދު 3،000 އަށް ވުރެ ދަށްވާނަމަ އެ ޕާޓީއެއް އުވާލާގޮތަށް ސިޔާސީ ޕާޓީތަކުގެ ގާނޫނުގައި ބުނެފައިވާ މާއްދާ އުވާލުމަށް ސުޕްރީމް ކޯޓަށް ހުށަހެޅި މައްސަލައިގެ އަޑުއެހުންތައް ނިންމާލައިފިއެވެ.

2013 ވަނަ އަހަރު، ދިވެހި ގައުމީ ޕާޓީގެ ފަރާތުން އެ ޕާޓީގެ ނައިބް ރައީސަކަށް އޭރު ހުންނެވި އިމާދު ސޯލިހު ހުށަހެޅި އެ މައްސަލައިގައި އެދިފައިވަނީ ސިޔާސީ ޕާޓީގެ ގާނޫނުގެ ދެ މާއްދާއެއް ބާތިލު ކުރުމަށެވެ. އެއީ އެ ގަނޫނު ތަސްދީގު ކުރި ދުވަހާ ހަމައަށް އުފެދިފައިވާ ސިޔާސީ ޕާޓީތަކުގެ ތެރެއިން 10،000 މެންބަރުން ހަމަނުވާ ޕާޓީތައް އުވާލާގޮތަށް އެކުލަވާލާފައިވާ އެ ގާނޫނުގެ 08 ވަނަ މާއްދާގެ (ށ) އާއި ސިޔާސީ ޕާޓީއެއް ރަޖިސްޓްރީ ކުރުމަށް 10،000 މެންބަރުގެ ފޯމް ހުށަހަޅަން ޖެހޭ ކަމަށް ބުނެފައިވާ އެ ގާނޫނުގެ 11 ވަނަ މާއްދާގެ (ހ) އެވެ.

ދުވަސްތަކަކަށް ފަހު މައްސަލައިގައި އިއްޔެ ކުރިޔަށް ގެންދިޔަ އަޑުއެހުމުގައި އިމާދު ވިދާޅުވީ، މި ގަވައިދުގެ ދަށުން ރާއްޖޭގެ ސިޔާސީ މަޝްރަހުގައި ހަރަކާތްތެރިވަމުން ދިޔަ އެތައް ސިޔާސީ ޕާޓީއެއް އުވިގެން ގޮސްފައިވާކަމަށެވެ. އިމާދު ވިދާޅުވީ ރާއްޖޭގައި މިވަގުތު ވެސް ގިނަ ސިޔާސީ ޕާޓީތަކެއް އޮވެފައި، 3،000 މެމްބަރުން ހަމަވާންޖެހޭނެ ކަމަށް ބުނާ ގަވައިދެއް އޮތުމަކީ ރާއްޖޭގެ އާބާދައީ އާއި އަޅާބަލާ ބޮޑު އަދަދެއްކަމަށެވެ.

އިމާދަށް ރައްދު ދެމުން ދައުލަތުން ބުނެފައިވަނީ، ވަކި އަދަދަކަށް މެމްބަރުން ހިމެނުމަށް ދުނިޔޭގެ މިނިވަން ޑިމޮކްރެޓިކް ގައުމުތަކުގައި ވެސް ލާޒިމް ކުރާކަމަށެވެ. އަދި 3،000 މެމްބަރުނަކީ ނިސްބަތުން ބޮޑު އަދަދެއް ނޫންކަން ދައުލަތުން ފާހަގަކުރިއެވެ.

މައްސަލައިގައި އިމާދު ވިދާޅުވީ، މި ގަވައިދު ރާއްޖެއިން ބައިވެރިވެފައިވާ ޔުނިވާސަލް ޑިކްލަރޭޝަން އޮފް ހިއުމަންރައިޓްސްގެ ބައެއް މާއްދާތަކާއި އިންޓަނޭޝަނަލް ކޮވިނަންޓް އޮން ސިވިލް އެންޑް ޕޮލިޓިކަލް ރައިޓްސް ގެ ބައެއް މާއްދާތަކާއި ވެސް ހިލާފުކަމަށެވެ.ދެ ފަރާތަށް ވެސް ފުރުސަތު ދިނުމަށްފަހު މައްސަލައިގެ ރިޔާސަތު ބެލެހެއްޓެވި އުއްތަމަ ފަނޑިޔާރު މުއުތަސިމް އަދުނާން ވިދާޅުވީ އިތުރުކަމެއް ސާފު ކުރަަން ނުޖެހޭނަމަ ދެން އޮންނާނީ މައްސަލައިގެ ހުކުމް އިއްވުންކަމަށެވެ.

އުއްތަމަ ފަނޑިޔާރުގެ އިތުރުން ސުޕްރީމް ކޯޓުގައި މި މައްސަލަ ބައްލަވަނީ، ފަނޑިޔާރު ޑރ. އަޒްމިރަލްދާ ޒާހިރާއި ފަނޑިޔާރު އައިޝާ ޝުޖޫން މުހައްމަދު އަދި ފަނޑިޔާރު މަހާޒް އަލީ ޒާހިިރުގެ އިތުރުން ފަނޑިޔާރު އަލީ ރަޝީދެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 100%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: