ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރިސޯޓް މުވައްޒަފުން ވޯޓުން މަހުރޫމް ކުރުމަށް އުސޫލުތައް ދަނީ ހަރުކަށި ކުރަމުން: ޝުޖާއު

ޕީއެންސީގެ ނައިބު ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ބާރަށު ދާއިރާގެ ކުރީގެ މެމްބަރު އިބްރާހިމް ޝުޖާއު
ޝެއާރކޮށްލާ ކަހަލަދޯ؟

ލޯކަލް ކައުންސިލް އިންތިހާބުގައި، ރިސޯޓު މުވައްޒަފުންނަށް ވޯޓު ލުމުން މަހުރޫމް ކުރަން އުޅޭ ކަމަށް ޕީއެންސީގެ ނައިބު ރައީސް އިބްރާހިމް ޝުޖާއު ވިދާޅުވެއްޖެއެވެ.

ޝުޖާއު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ކުރިއަށް ލޯކަލް ކައުންސިލް އިންތިހާބަކީ ޑިމޮކްރަސީގެ އަސާސްތަކާ މުޅިން ހިލާފަށް ބޭއްވޭ އިންތިހާބެއްކަމަށެވެ.

އދި މިއިންތިހާބަކީ ހައްޤުތަކުން މަހުރޫމް ކުރެވިގެން ބޭއްވޭ އިންތިހާބު ކަން ފާހަގަކުރައްވައި ޝުޖާއު ވިދާޅުވީ ރިސޯޓް މުވައްޒަފުން ވޯޓުން މަހުރޫމް ކުރުމަށް އުސޫލުތައް ހަރުކަށި ކުރަމުންދާ ކަމަށެވެ.

އަންނަ އޭޕްރީލް މަހުގެ 10 ވަނަ ދުވަހު ބާއްވަން ނިންމާފައިވާ އިންތިހާބުގައި، ވޯޓުލުމަށް ރިސޯޓުތަކުގައި 121 ވޯޓުފޮށި ބެހެއްޓުމަށް ވަނީ ނިންމާފައެވެ.

 

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: