ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އައްޑޫގައި މިއަދު ހިނގި އެކްސިޑެންޓްގައި އަނިޔާވި އަންހެން މީހާ މަރުވެއްޖެ

އައްޑޫ ސިޓީ މީދޫ. ފޮޓޯ: ސޯޝަލްމީޑިއާ
ޝެއާރކޮށްލާ ކަހަލަދޯ؟

މިއަދު ހެނދުނު އައްޑޫ ލިންކު ރޯޑުގެ ހަންކެޑެ ހިސާބުން އެކްސިޑެންޓުވި އަންހެން މީހާ މަރުވެއްޖެއެވެ.

މި އެކްސިޑެންޓުގައި ސީރިއަސް އަނިޔާތަކެއް ލިބިގެން ފަރުވާދެމުން ދަނިކޮށް މަރުވެފައި ވަނީ ސ. ހިތަދޫ ސަންރީފް، ފާތުމަތު އަސްމާއަށެވެ.

އެކްސިޑެންޓްގައި އަންހެން މީހާއަށް ބޮޑެތި ޒަހަމުތަކެއް ލިބުނެވެ. ބޮލަށް ސީރިއަސް އަނިޔާތަކެއް ލިބުނުއިރު ހަށިގަނޑުގެ އެކި ގުނަވަންތައް ބިނދިފައިވެއެވެ. އައްޑޫ ސިޓީ ހިތަދޫގައި ހުންނަ އިކުއަޓޯރިއަލް ހޮސްޕިޓަލްގައި ފަރުވާ ދެމުން ދަނިކޮށް އޭނާ މަރުވީ މީގެ ކުޑައިރުކޮޅެއްގެ ކުރިންނެވެ.

ނުރައްކާތެރި އެކްސިޑެންޓެއް ހިނގީ އެ މީހާ މަރަދޫފޭދޫއަށް ދަނިކޮށެވެ. އެކްސިޑެންޓް ހިނގި ސީދާ ސަބަބެއް މިހާތަނަށް އެނގިފައެއް ނުވެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 100%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: