ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ދިފާއީ ބާރުގެ އަގުވައްޓާލަން ފުރުސަތެއް ނުދޭނަން: ޑިފެންސް

އެމްއެންޑީއެފްއިން ބޭއްވި ހަފްލާއެއްގައި ޑިފެންސް މިނިސްޓަރު މާރިޔާ ދީދީ އާއި އެމްއެންޑީއެފްގެ އިސް ފަރާތްތައް
ޝެއާރކޮށްލާ ކަހަލަދޯ؟

ގައުމީ ދިފާއީ ބާރަށް އަމާޒުކޮށް ހަގީގަތާއި ހިލާފް ޕްރޮޕަގެންޑާ ފަތުރާ ރިޝްވަތުގެ ހުތުރު އިލްޒާމު އަޅުވާ ދިވެހި އަސްކަރިއްޔާއަށް ރައްޔިތުންގެ ހިތުގައި އޮންނަ އިތުބާރާއި އިހުތިރާމާއި ގަދަރު ނަގާލުމަށް ކުރަމުންދާ މަސައްކަތްތަކަށް ފުރުސަތު ނުދޭނެ ކަމަށް ޑިފެންސް މިނިސްޓްރީން ބުނެފި އެވެ.

ޑިފެންސް މިނިސްޓްރީން މިހެން ބުނެފައިމިވަނީ މިހާރު ލީކުކޮށްލާފައިވާ އިންޑިއާ އާއި ރާއްޖެއާ ދެމެދު ސޮއިކުރި އުތުރުތިލަފަޅު އެއްބަސްވުން ކަމަށް ބުނާ ލިޔުމާއި ގުޅިގެން އެމްއެންޑީއެފްގެ އިސްވެރިންނަށް ތަފާތު އެކި ތުހުމަތުތައް ކުރަމުންދާ ދަނޑިވަޅެއްގައެވެ.

އެކަމާ ގުޅިގެން ޑިފެންސް މިނިސްޓްރީން މިއަދު ނެރުނު ބަޔާނެއްގައި ބުނީ ގައުމީ ދިފާއީ ބާރުގެ އިސް އޮފިސަރުންގެ އަގު ވައްޓާލާ، އެ ބޭފުޅުންނަކީ އެ ބޭފުޅުން ކުރައްވައިގެން ތިއްބެވި ހުވަޔާއި ހިލާފުވާނެ ބައެއްގެ ގޮތުގައި ދައްކައި، ޒިންމާދާރު މީޑިއާއަކުން ނުކުރާނެ ފަދަ ދަށު ދަރަޖައިގެ ހަޑިހުތުރު އަމަލުތައް ބައެއް މީޑިއާތަކުންނާއި ބައެއް ސިޔާސީ ފަރާތްތަކުން ކުރަމުންދާ ގެންދިޔުން ހަރުކަށި އިބާރާތުން ކުށްވެރިކުރާ ކަމަށެވެ.

އަދި ދިފާއީ ބާރަށް އަމާޒުކޮށް ހަގީގަތާ ހިލާފު ޕްރޮޕެގެންޑާ ފަތުރާ، ރިޝްވަތުގެ ހުތުރު އިލްޒާމު އަޅުވާ، ދިވެހި އަސްކަރިއްޔާ އަށް ދިވެހި ރައްޔިތުންގެ ހިތްތަކުގައި އޮންނަ އިހުތިރާމާއި ގަދަރު ނަގާލުމަށް ކުރަމުންގެންދާ މަސައްކަތަށް ފުރުސަތު ނުދޭނެ ކަމަށްވެސް އެ ބަޔާނުގައި ވެއެވެ.

މީގެއިތުރުން ދިވެހި އަސްކަރިއްޔާގެ އިސް މަގާމުތަކުގައި ތިއްބެވި ބޭފުޅުންނަކީ ގައުމީ ހިދުމަތުގައި އިހުލާސްތެރިކަމާއި، ތެދުވެރިކަމާއެކު އެތައް އަހަރުތަކެއްގެ އަގުހުރި ހިދުމަތްތަކެއް ގައުމަށާއި ރައްޔިތުންނަށް ކޮށްދެއްވަމުން ގެންދަވާ، ދިވެހި ސަރުކާރުގެ ފުރިހަމަ އިތުބާރު އޮތް ބޭފުޅުން ކަމަށް ޑިފެންސް މިނިސްޓްރީން ބުނެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: