ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މާލޭގައި އެމްވީއެކްސްގެ ޝޯރޫމްއެއް: ކޮލިޓީ ހުރި އެތައް ބާވަތެއް އެއްތަނަކުން!

އެމްވީއެކްސް ޓްރޭޑިންގެ ޝޯރޫމް
ޝެއާރކޮށްލާ ކަހަލަދޯ؟

ސިއްހީ ގޮތުން ފައިދާހުރި، ކެއްކުމުގެ ބާވަތްތަކާއި އަދި އެ ނޫން ވެސް ސާމަނުތަކާއިއެކު އެމްވީއެކްސް ޓްރޭޑިންގެ ޝޯރޫމްއެއް މާލޭގައި ހުޅުވައިފި އެވެ.

އެމްވީއެކްސް ޓްރޭޑިންގެ ޝޯރޫމް ހުޅުވާފައި ވަނީ މިއަދު ހެނދުނު އެވެ. އަދި ފިހާރަ ހުޅުވާފައި ވަނީ ހ. އިވީ، އަމީރު އަހުމަދު މަގުގައެވެ.

“ސަންގު” އަށް މައުލޫމާތު ދެމުން އެމްވީއެކްސް ޓްރޭޑްއިން ބުނީ ޖެނެރަލް ޓްރޭޑިންގެ ވިޔަފާރީގެ ތެރެއަށް ވަނުމުގެ ވިސްނުމާއި އެކު ބޭނުންވީ ރާއްޖޭގެ ރައްޔިތުންނަށް ސިއްހީ ގޮތުން ދުޅަހެޔޮ އަދި ފައިދާހުރި، ރަނގަޅު ޕްރޮޑަކްޓުތަކެއް ގެނެސްދިނުމަށް ކަމަށެވެ.

އެގޮތުން މިވަގުތު އެމްވީއެކްސްއިން ރާއްޖެއަށް އެތެރެކޮށްފައިވާ ތައި ރައިސްއަކީ، ވިޓަމިން އެކުލެވޭ ހަނޑުލެއްކަމަށް ކުންފުނިން މައުލޫމާތު ދިނެވެ.

އޭގެ އިތުރުން، އެމްވީއެކްސްގެ ކޮކޮނަޓް މިލްކް- ރެޑީ ޓު ޑްރިކް މިވަގުތު ޝޯރޫމްއިން ލިބެން ހުންނާނެއެވެ. އެމްވީއެކްސްއިން ބުނެފައިވަނީ މިއީ ރާއްޖޭގެ ބާޒާރުގައި މިވަގުތު ހުރި އެންމެ ކޮލިޓީ އެއް ޕްރޮޑަކްޓުކަމަށެވެ.

މީގެ އިތުރުން ސިއްހީ ގޮތުން ފައިދާ ކުރުވަނި ގޮތަކަށް ތައްޔާރުކޮށްފައިވާ ކޮކޯޒިމްގެ ކާށި ކިރު ޕެކެޓުން،  އޯގޭނިކް ބްރޭންޑު ސްމޫތީތަކާއި، އައިސްކްރީމް، ކޮފީ، ކޮކްޓެއިލް، ސޫޕް، އަދު ތަފާތު އެކި ވައްތަރުގެ ރިހަ، އަދި ކެއްކުމުގައި ބޭނުން ކުރެވޭނެ އެވެ.

“ދެން އަޅުގަނޑުމެން ގެނެސްފައި މިހިރީ ކާށި ހުނި. ކާށި ހުންނަނީ ފްރިޖު ކުރަންޖެހޭ އެއްޗެއް ނޫން. އޭގެއިން ހަމަ ވަގުތު ހެދިކާ ވެސް ހަދާލެވޭނެ. ޑިސްކު، ރޮށި ވެސް ހަދާލެވޭ ގޮތަށް. އެއީ އެއް އަހަރުގެ ވެލިޑިޓީ ހުރި ބާވަތެއް.” އެމްވީއެކްސް

އެމްވީއެކްސްއިން ބުނެފައިވަނީ، ޝޯރޫމްގެ އެންމެ ބޮޑު އެއް ބޭނުނަކީ ރައްޔިތުންނަށް ހެޔޮ އަގެއްގައި، ސިއްހީ ގޮތުން ރައްކާތެރި ބާވަތްތައް ފޯރުކޮށްދިނުން ކަމަށެވެ. އަދި އޭގެތެރިން އެންމެ ބޮޑަށް ފާހަގަ ކުރެވެނީ ތައި ޖޭޒްމިން ރައިސް އާއި، ތައި ވައިޓް ރައިސް އާއި ތައި ބްރައުން ރައިސްކަމަށް ބުންޏެވެ.

އެމްވީއެކްސްއިން ރާއްޖޭގެ ބާޒާރަށް އެތެރެކޮށް ވިއްކާ ކޮކޯޒިމް އޯގޭނިކްއާއި، ނޯމަލް އަދި އެއަށް ވުރެ ކުޑަ ސައިޒުގެ ކާށި ކިރު ޕެކެޓަކީ މީގެ ތެރެއިން ފާހަގަކޮށްލެވޭ އެއް ބާވަތެވެ. ކޮކޯޒިމްގެ ނޯމަލް ކާށި ކިރުގައި ޕްރިސަވޭޓިވްސް އަދި އާޓިފިޝަލް ކުލައެއް ނުހިމެނެއެވެ.

އެމްވީއެކްސްގެ އިތުރު ބައެއް ޕްރޮޑަކްޓުތަކުގެ ތެރޭގައި، ތުރުކީން ގެނެސްފައިވާ އޮޑޭރޯ ޖޫސް ހިމެނެއެވެ.

މީގެ އިތުރުން ދަޅުކާނާ އާއި، ޓޮމާޓޯ ޕޭސްޓާއި، ކްރީމް އަދި ކޮފީ އެކުލެވޭ އެމޭޒަން ފާހަގަ ކުރެވެއެވެ. އަދި މި ނޫން ވެސް ތަފާތު އެކި ބާވަތްތައް ފާހަގަ ކުރެވެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: