ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އަމިއްލަ ކަމަކަށް ދައުލަތުގެ ފައިސާއެއް އަދި މަގާމުގެ ނުފޫޒެއް ބޭނުން ނުކުރަން: މަހްލޫފް

ޝެއާރކޮށްލާ ކަހަލަދޯ؟

އަމިއްލަ ކަމަކަށް ދައުލަތުގެ ފައިސާއެއް އަދި މަގާމުގެ ނުފޫޒެއް ބޭނުން ނުކުރަން ކަމަށް މިނިސްޓަރ އޮފް ޔޫތު، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓް އަހުމަދު މަހްލޫފް ވިދާޅުވެއްޖެއެވެ.

އިންޑިއާގެ މަޝްހޫރު ޒީ މިއުޒިކާ ގުޅިގެން މަހްލޫފްގެ ދަރިފުޅު ލައިބާ އަހުމަދު މަހްލޫފް(އެލީ) ލަވައެއް މިއަދު ނެރޭނެ ކަމަަށް އިއުލާނު ކުރުމާ ގުޅިގެން ސޯޝަލް މީޑިއާގައި ބައެއް ފަރާތްތަކުން ވަނީ މިއީ މަގާމުގެ ނުފޫޒު ނަހަމަ ގޮތުގައި ބޭނުން ކުރުން ކަމަށްބުނެ ފާޑު ކިޔާފައެވެ.

އެކަމާއި ގުޅިގެން ޓްވީޓް ކުރައްވަމުން މަހްލޫފް ވިދާޅުވީ، އެލީގެ ކުރިއެރުމަށް ބައްޕަގެ ހައިސިއްޔަތުން މަސައްކަތް ކޮށްދިނުމަކީ އޭނާގެ ޒިންމާއެއް ކަމަށެވެ.

މަހްލޫފް ވިދާޅުވީ އަމިއްލަ ކަމަކަށް ދައުލަތުގެ ފައިސާއެއް އަދި މަގާމުގެ ނުފޫޒެއް ބޭނުން ނުކުރައްވާ ކަމަށާއި، އަދި ނުވެސް ކުރާނެ ކަމަށެވެ. އެންމެނަށްވެސް އެ ފުރުސަތު އެބައޮތް ކަމަށާއި، އެކަމަށް މަސައްކަތައް އަދި ހަރަދުވެސް ކުރައްވާނެކަމަށް ވިދާޅުވި އެވެ.

މަހްލޫފްގެ އިތުރުން މަހްލޫފް އަނބިކަނބަލުން ނަޒްރާ ނަސީމް ވެސް ވަނީ ޓްވީޓް ކުރައްވާފައެވެ. އެގޮތުން، ނަޒްރާ ވިދާޅުވީ ކޮންމެ ބެލެނިވެރިޔަކަށްވެސް ދަރިފުޅުގެ ހުރި ހުނަރެއް ކުރިއެރުވުމަށް މަސައްކަތް ކޮށްދެވޭނެ ކަމަށެވެ. އަދި، އެ ކުއްޖާގެ ނަމުގެ ފަހަތަށް ދައުލަތުގެ މަގާމެއްގައި ހުރި މީހެއްގެ ނަން އައުމަކީ ކުއްޖާއަށް ހައްގު ގޮތުގައި ލިބެން އޮންނަ ފުރުސަތުން މަހްރޫމް ވާން ޖެހޭ ކަމެއް ނޫން ކަމަށްވެސް ނަޒްރާ ވިދާޅުވިއެވެ.

ވަރަށް ގަދަ
17%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 17%ވަރަށް ދެރަ 67%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: