ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޖޫރިމަނާ ކުރުމަށްފަހު ހައްޔަރުކުރި 23 މީހުން ދޫކޮށްލައިފި

ޝެއާރކޮށްލާ ކަހަލަދޯ؟

އިދިކޮޅު ޕީޕީއެމް ޕިއެންސީ ކޯލިޝަނުން އިއްޔެ މާލޭގައި ބޭއްވި މުޒާހަރާއިން ހައްޔަރުކުރި މީހުން ދޫކޮށްލައިފިއެވެ.

ފުލުހުން ބުނެފައިވަނީ މުޒާހަރާއިން ހައްޔަރުކުރި 25 މީހުންގެ ތެރެއިން 23 މީހުން ދޫކޮށްލާފައިވާކަމަށެވެ.

އެ 23 މީހުން ދޫކޮށްލާފައިވަނީ އެޗްޕީއޭގެ ގައިޑްލައިނާއި ހިލާފުވެފައިވާތީ ޖުރިމަނާ ކުރުމަށްފަހު ކަމަށް ފުލުހުން ބުނެފައިވެއެވެ.

ހައްޔަރު ކުރި މީހުންގެ ތެރެއިން ދޫކޮށްނުލާ ތިބި ދެ މީހުންނަކީ ފުލުހުންނަށް ހަމަލާދިން ކަމުގެ ތުހުމަތުގައި ފުލުހުންގެ ބެލުމުގެ ދަށުގައި ތިބި މީހުންކަމަށް ފުލުހުން މައުލޫމާތުދެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: