ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

"ދެ މުސާރަ ތަކުރު" ރައީސް ނަޝީދަށް ދެން ފޮރުވައިގެން ނުހުރެވޭނެ, މާދަމާ މަޖިލީހައް ހުށައަޅާނަން

ކުރީގެ ކޮމިއުނިކޭޝަން މިނިސްޓަރު މުޙައްމަދު މަލީހް ޖަމާލް. ފޮޓޯ: އާކައިވްއެމްވީ
ޝެއާރކޮށްލާ ކަހަލަދޯ؟
Share on facebook
Share on twitter
Share on whatsapp
Share on telegram
Share on print

ރައްޔިތުންގެ މަޖިލީހުގެ ރައީސް، މުހައްމަދު ނަޝީދު ދެ މުސާރަ ނަންގަވާ މައްސަލައިގެ އިތުރު މައުލޫމާތު ހޯދުމަށް މަޖިލީހަށް ހުށަހަޅުއްވާނެ ކަމަށް ކުރީގެ ކޮމިއުނިކޭޝަން މިނިސްޓަރު މުހައްމަދު މަލީހު ޖަމާލު ވިދާޅުވެއްޖެއެވެ.

މަލީހު މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ "ދެ މުސާރަ ތަކުރު" ރައީސް ނަޝީދަށް ދެން ފޮރުވައިގެން ނުހުރެވޭނެ ކަމަށާއި މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގުގެ ގާނޫނުގެ ދަށުން އާރްޓީއައި (ރައިޓް ޓު އިންފޮމޭޝަން) ގެ ދަށުން އެކަމާ ގުޅޭ މައުލޫމާތު ހޯދަން މާދަމާ މަޖިލީހަށް ހުށަހަޅުއްވާނެ ކަމަށެވެ.

"މަޖިލިސް މެންބަރު/ރައީސް އަދި ކުރީގެ ރައީސްގެ ޙައިސިއްޔަތުން ނަގާ މުސާރަ އަދި އިނާޔަތް. ކޮންމެވެސް އެކައްޗެއް ރައްޔިތުންގެ ޙައްޤުގަ ދޫކޮށްލުމުގެ ގަޓު ހުންނާނެ ބާ؟" މަލީހު ވިދާޅުވިއެވެ.

އަދި ފެންނަން ހުރި މަދު ރޯ މަޢުލޫމާތުތަކަށް ބަލާއިރު ރައްޔިތުންގެ އަތުން މަހަކު 265419.70 ރުފިޔާ ނަޝީދު ނަންގަވާ ކަމަށާއި މީގެ ތަފްސީލް ބްރޭކް ޑައުން ހޯދާ އަދި ހާމަ ނުކޮށް ހުރިކަންކަން ފަޅާ އަރުވާނެ ކަމަށް މަލީހު ވިދާޅުވިއެވެ.

ވަރަށް ގަދަ
60%ވަރަށް ގަދަ 27%ވަރަށް ގަޔާވޭ 7%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 7%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

One Response

  1. މަލީހް ގެ މައްސަލައަކީ ތިކަން ޢެނގި ޙުރެ ޢެމީހުންގެ ތެރޭގައި ހުރެގެން ފޮރުވިކަން!! އިކްލާސްރެޜިކަމެއް ނެތް ތި ޢެންމެންގެ ޥެސް!! މުޅި ސަރުކާރު އޮތީ ތިޔަހެން!!

ހިޔާލު ދެއްވާ!

Your email address will not be published.

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: