ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރޭގަނޑު 8ގެ ފަހުން ކާބޯތަކެތީގެ ޚިދުމަތްދޭ ތަންތަން އިތުރު ހަތަރު ދުވަހަށް ބަންދު

ޝެއާރކޮށްލާ ކަހަލަދޯ؟
Share on facebook
Share on twitter
Share on whatsapp
Share on telegram
Share on print

ރެސްޓޯރަންޓު، ކެފޭ، އަދި ސައި ހޮޓާފަދަ ކާބޯތަކެތީގެ ހިދުމަތްދޭ ތަންތަން ރޭގަނޑު 8:00 ގެ ފަހުން ބަންދުކުރަން އަންގާފައި އޮތް އެންގުން އިތުރު ހަތަރު ދުވަހަށް ދިގުދަންމާލަން ނިންމައިފި އެވެ.

ޑިރެކްޓާ ޖެނަރަލް އޮފް ޕަބްލިކް ހެލްތު މައިމޫނާ އަބޫބަކުރު ސޮއި ކުރައްވާ، ނެރެފައިވާ އިއުލާނެއްގައި ވިދާޅުވެފައިވަނީ މިވަގުތުން ފެށިގެން މާރިޗު މަހުގެ 24 ވަނަ ދުވަހުގެ ނިޔަލަށް، ފިޔަވަޅުތައް ދަންމާލަން ނިންމާފައިވާ ކަމަށެވެ.

އެ އެންގުމުގައި ބުނެފައިވާ ގޮތުގައި، މާލެ ސަރަޙައްދުގައި ވިޔަފާރީގެ ގޮތުން އާންމުންނަށް ކާބޯތަކެތީގެ ހިދުމަތް ދޭ ހުރިހާ ތަންތަނުން، ޓޭކް އަވޭއާއި ޑެލިވަރީގެ ހިދުމަތް ފިޔަވައި އެހެނިހެން ހިދުމަތް ދިނުން ރޭގަނޑު 8:00 އިން ފެށިގެން ހުއްޓައިލަން ޖެހެއެވެ.

އަދި ޓޭކްއަވޭ އާއި ޑެލިވަރީގެ ހިދުމަތްތައް ވެސް ރޭގަނޑު 10:30 އިން ފެށިގެން ހުއްޓާލަން ޖެހޭނެ އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published.

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: