ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އިންތިޚާބުގައި ތާއީދު ކުރާނީ ހަމައެކަނި އެމްޑީޕީ ކެންޑިޑޭޓުންނަށް: ރައީސް

ޝެއާރކޮށްލާ ކަހަލަދޯ؟

ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބުގައި އެމްޑީޕީގެ މެމްބަރުން އެ ޕާޓީގެ ފަރާތުން ވާދަކުރާ ކެންޑިޑޭޓު ނޫން ފަރާތަކަށް ކެމްޕެއިން ނުކުރަން ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހު އެދިވަޑައިގެންފިއެވެ.

ރައީސް މިހެން ވިދާޅުވީ އޮންލައިންކޮށް ކުރިއަށްގެންދާ “ރަށްވެހި ފަތިސް” ކެމްޕެއިންގެ ތެރެއިން ރޭ ދ.އަތޮޅަށް ހާއްސަކޮށްގެން ބޭއްވި ބައްދަލުވުމުގައެވެ.

އެގޮތުން ރައީސް ވިދާޅުވީ ދ.ރިނބިދޫގައި އެމްޑީޕީގެ ބައެއް މެމްބަރުން އެ ޕާޓީ އަށް ނިސްބަތް ނުވާ ކެންޑިޑޭޓަކަށް މަސައްކަތް ކުރާކަމުގެ ޝަކުވާ ލިބިވަޑައިގެންފައިވާ ކަމަށާއި ރިނބިދޫގައި ތިބި އެމްޑީޕީގެ އެއްވެސް މެމްބަރަކު އެކަހަލަ ކަމެއް ނުކުރުމަށް ވަރަށް ބޮޑަށް އެދިވަޑައިގަންނަވާ ކަމަށެވެ.

“އަޅުގަނޑުގެ ފުރިހަމަ ތާއީދާއި އެހީތެރިކަން އޮންނާނީ ޕާޓީގެ ކެނޑިޑޭޓުންނަށް. އެގޮތަށް ކުރިހާ ބޭފުުންވެސް އަމަލުތައް ބެހެއްޓެވުން އެދެވެން. އިރާދަކުރެއްވިޔާ އެމްޑީޕީން އަޅުގަނޑުމެންނަށް މިހުރިހާ ގޮޑިތަކެއްވެސް ލިބޭނެ.” ރައީސް ޞާލިހު ވިދާޅުވިއެވެ.

މިބައްދަލުވުމުގައި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދުވެސް ވަނީ އެއްވެސް ދާއިރާއެއްގެ ކެނޑިޑޭޓަކު އެމްޑީޕީގެ ޓިކެޓްގައި ނިކުންނަވާ ކެންޑިޑޭޓަކަށް ނޫން އެހެން އެއްވެސް ކެނޑިޑޭޓަކަށް ތާއީދު ނުކުރެއްވުމަށް ދަންނަވާފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 25%ވަރަށް ގަޔާވޭ 75%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

2 Responses

  1. ދެން ކީއްވެ ނިމިދިޔަ މަޖުލިސް އިންތިހާބުގަ ރިނބުދޫ ރައްޔިތުންގާތު ރިނބުދޫ ކައުންސިލްގެ ރައީސް ހާތިމް އިބްރާހިމް އެމްޑީއޭގެ ކެނޑިޑޭޓް އަހުމަދު ސިޔާމް ސަން ސިޔާމް އަކީ ސަރުކާރުގެ ކެނޑިޑޭޓްކަމަށް ދައްކާ އިބްރާހިމް މުހައްމަދު ސާލިހްވެސް ތާއީދު ކުރަނީ ސިޔާމް އަށްކަމަށްބުނެ އޮޅުވާލީ

  2. މަކަރުވެރި ސަރުކާރު، އަމިއްލަޔައް ކަމެއްނުވާނެ. މީހުންގޯސް ކުރަން އެނގެނީ.

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: