ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ފިރުޝާނާއާމެދު މުޅި ދިވެހި ގުއުމު ފަޚުރުވެރިވޭ: ރައީސް

ޝެއާރކޮށްލާ ކަހަލަދޯ؟
Share on facebook
Share on twitter
Share on whatsapp
Share on telegram
Share on print

އިނގިރޭސިވިލާތުގެ ރޯޔަލް މިލިޓަރީ އެކެޑަމީ ސޭންޑްހަރސްޓްގެ ކޯހެއްގައި ބައިވެރިވި ދިވެހި އަންހެން ކެޑޭޓެއް ކަމަށްވާ ފިރުޝާނާ ތައުފީޤަށް އެ ކޯހުން އެންމެ މޮޅު ދަރިވަރުގެ އެވާރޑް ލިބުމާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާ އިބްރާޙިމް މުޙައްމަދު ސޯލިޙު މަރުޙަބާ ވިދާޅުވެއްޖެއެވެ.

ރައީސް ސޯލިޙު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ފިރުޝާނާއާމެދު މުޅި ދިވެހި ޤައުމުވެސް ފަޚުރުވެރިވާ ކަމަށާއި ވަކިން ޚާއްސަކޮށް ފިރުޝާނާއަކީ ސޭންޑްހަރސްޓްގެ ކޯހެއްގައި ބައިވެރިވި ފުރަތަމަ އަންހެން އޮފިސަރުކަންވެސް ރައީސް ވަނީ ފާހަގަ ކުރައްވާފައެވެ.

ފިރުޝާނާގެ ކާމިޔާބީ ފާހަގަކޮށް މިނިސްޓަރ އޮފް ޑިފެންސް މާރިޔާ އަހްމަދު ދީދީ ވެސް ވަނީ އެކަމަނާގެ އަމިއްލަ ނަންފުޅުގަޔާއި ރައީސް އިބްރާހިމް މުހައްމަދު ޞާލިހުގެ ނަންފުޅުގައި މަރުހަބާ ވިދާޅުވެފައެވެ. އަދި، ސިފައިންގޭގައި މަސައްކަތްކުރާ ގާބިލު އަންހެނުންނަށް އެހެން ސަރުކާރު ތަކުން ފުރުސަތު ދީފައިނުވާކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

ފިރުޝާނާގެ ކާމިޔާބީ ފާހަގަކޮށް އިނގިރޭސިވިލާތުން ދިވެހިރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ކެރޮން ރޮސްލަރ ވެސް ވަނީ މަރުހަބާ ވިދާޅުވެފައެވެ.

 

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published.

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: