ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ކެފޭ، ރެސްޓޯރެންޓް 10:30 ވަންދެން ހުޅުވާފައި ބަހައްޓައިގެން ހައްލެެއް ނުލިބޭނެ، މުޅިން ދޫކޮށްލާ: ނަޝީދު

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު
ޝެއާރކޮށްލާ ކަހަލަދޯ؟

ކެފޭ އަދި ރެސްޓޯރެންޓް ފަދަ ތަންތަން 10:30 ވަންދެން ހުޅުވާފައި ބަހައްޓައިގެން ހައްލެެއް ނުލިބޭނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

މާލެ ސަރަހައްދުގެ ސައި ހޮޓާ ރެސްޓޯރެންޓާއި ކެފޭގެ އިތުރަށް ކާބޯތަކެތީގެ ޚިދުމަތްދޭ ތަންތަން ހުޅުވައިގެން ޚިދުމަތް ދެވޭ ވަގުތު ރޭގަނޑު 10:30 އަށް ބަދަލު ކުރީ މިއަދުއެވެ.

މިކަމާ ގުޅިގެން ނަޝީދު ވިދާޅުވީ އެ ތަންތަން10:30 ވަންދެން ހުޅުވާފައި ބަހައްޓައިގެން ހައްލެއް ލިބިދާނެ ކަމަށް އެ ވިޔަފާރި ހިންގާ ފަރާތްތަކުން ނުބުނާ ކަމަށެވެ.

“މިހާރު ބޭނުންވަނީ ދޫކޮށްލަން.” ނަޝީދު ވިދާޅުވިއެވެ.

އެޗްޕީއޭއިން މިއަދު ނެރުނު އެންގުމެއްގައި ބުނެފައިވަނީ ކާބޯތަކެތީގެ ހިދުމަތްދޭ އެންމެހާ ތަންތަނުގެ ހިދުމަތް ރޭގަނޑު 10:30 ހާއި ހަމައަށް ހުޅުވާލާ ކަމަށެވެ.

މާލޭގައި ކޮވިޑް-19 ބާރު ސްޕީޑެއްގައި ފެތުރޭތީ އެޗްޕީއޭއިން ވަނީ ޑެލިވަރީ އާއި ޓޭކްއަވޭ ހިދުމަތްތައްނޫން ކެފޭތަކުން ދޭ އެހެން ހިދުމަތްތައް 08:00 އާއި ހަމައަށް ދެވޭގޮތަށް ބަދަލުކޮށްފައެވެ. އަދި އެގޮތަށް އެޗްޕިއޭއިން އެންގުމާއި ގުޅިގެން މާލޭގައި ކެފޭ ރެސްޓޯރެންޓްތައް ހިންގާ ފަރާތްތަކުން އަންނަނީ ކަންބޮޑުވުންފާޅު ކުރަމުންނެވެ.

އަދި އެފަރާތްތަކުން ވަނީ ހިދުމަތް ދިނުން ހުއްޓާލާ އިހުތިޖާޖް ކުރާނޭ ކަމަށްވެސް ބުނެފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 100%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: