ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އަންގާރަ ދުވަހު މުއިއްޒު އޭސީސީއަށް ހާޒިރުކުރަނީ

ކުރީގެ ހައުސިން މިނިސްޓަރ ޑރ މުހައްމަދު މުއިއްޒު: ފައިލް ފޮޓޯ
ޝެއާރކޮށްލާ ކަހަލަދޯ؟

މާލޭ ސިޓީގެ މޭޔަރު ކަމަށް އިދިކޮޅު ޕީޕީއެމުން ވާދަކުރައްވާ ކުރީގެ ހައުސިން މިނިސްޓަރު ޑރ.މުހައްމަދު މުއިއްޒު އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އަށް ހާޒިރުވާން އަންގައިފިއެވެ.

ޑރ.މުއިއްޒު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އޭސީސީއަށް މިމަހުގެ 23 ވަނަ ދުވަހު ހާޒިރު ވުމަށް އަންގާފައިވާކަމަށެވެ. އޭނާ ވިދާޅުވީ މިއީ ކުރިއަށް އޮތް ކައުންސިލް އިންތިޚާބުގައި ކެމްޕެއިނަށް ހުރަސް އަޅައި، އަސްލެއްނެތް ދޮގުވާހަކަ ފަތުރައި އަބުރު ކަތިލުމަށް ކުރަމުންދާ މަސައްކަތެއްކަމަށެވެ. މިކަމުގައި ހަމަ އެއްވެސް ވަރަކަށް ފަހަތަށް ޖެހުމެއްނެތި ސާބިތުކަމާއިއެކު ހުންނެވިކަަމަށް ޑރ.މުއިއްޒު ވިދާޅުވިއެވެ.

މުއިއްޒު އޭސީސީ އަށް ހާޒިރުވާން އަންގާފައިވަނީ މި މަހުގެ 23 ވަނަ ދުވަހުއެވެ. ނަމަވެސް މުއިއްޒު ހާޒިރުކުރާ މައްސަލައެއް ސާފުވެފައެއް ނުވެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: