ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރ. ވާދޫ އިންޖީނުގޭގެ ބިންގާ އަޅައިފި

ޝެއާރކޮށްލާ ކަހަލަދޯ؟

ރ. ވާދޫގައި އަލަށް އިމާރާތްކުރާ އިންޖީނުގެ އާއި އޮފީސް އިމާރާތުގެ ބިންގާ އަޅައިފި އެވެ.

މިއަދު ބޭއްވި ރަސްމިއްޔާތެއްގައި އެ އިންޖީނުގޭގެ ބިންގާ އަޅުއްވައިދެއްވީ ފެނަކަ ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރ އަޙްމަދު ސައީދު މުހައްމަދާއި ރައްޔިތުންގެ މަޖިލީހުގެ އަލިފުށި ދާއިރާގެ މެންބަރު މުޙައްމަދު ރަޝީދު ޙުސައިނެވެ.

ފެނަކައިން ވަނީ މި އަހަރުގެ ތެރޭގައި ގިނަ ރަށްރަށެއްގައި އައު އިންޖީނުގެތައް އެޅުމުގެ މަސައްކަތް އަންނަނީ ކުންފުނިތަކާ ހަވާލު ކުރަމުންނެވެ. މި ސަރުކާރު އައިފަހުން ފެނަކައިގެ އެމްޑީ ސައީދުގެ މޭސްތިރިކަމުގެ ދަށުން އަތޮޅު ތެރޭގެ ކަރަންޓުގެ ޚިދުމަތް ރަނގަޅުކުރުމަށް އަންނަނީ ބުރަ މަސައްކަތްތަކެއް ކުރަމުންނެވެ.

އާ އިންޖީނުގެތަކާ އެކު އެރަށް ރަށަށް ކަރަންޓުގެ ޚިދުމަތް ދިނުމުގައި އެތައް ގޮތަކުން ފަސޭހަވެގެންދާނެ ކަމަށް ފެނަކަ އިން ބުނެ އެވެ.

މިހާރު އިންޖީނުގެތައް ހުރި ސަރަހައްދުގެ ސަބަބުން ރަށުގެ ރައްޔިތުންނަށް ބޮޑެތި ދަތިތަކާ ކުރިމަތިލާން ޖެހޭ ރަށްތައް ވެސް އެބަތިއްބެވެ. ފެނަކައިން އަންނަނީ އެރަށް ރަށުގެ ރައްޔިތުން ބޭނުންވާ ގޮތަށް މީހުން ދިރިއުޅޭ ސަރަހައްދާ ދުރު ހިސާބުތަކުގައި އެފަދަ ރަށްރަށުގައި އައު އިންޖީނުގެތައް އަޅަމުންނެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: