ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އާންމުވި ވީޑިއޯގެ ހަގީގަތް ފުލުހުން ސާފުކޮށްދީފި

ޝެއާރކޮށްލާ ކަހަލަދޯ؟

އަލިމަސްކާނިވާ ސަރަހައްދުގައި ހުރި ބަސް ޓާމިނަލް ކުރިމަތީ މިރޭ ހިނގާދިޔަ ހާދިސާ ފުލުހުން ތަފްސީލު ކޮށްދީފި އެވެ.

ސޯޝަލް މީޑިއާގައި އާންމުވި ވީޑިއޯއަކުން ފެނިގެންދަނީ އާންމުންގެ ބަޔަކު މަގުމަތީގައި މީހަކަށް އަނިޔާ ކުރި އިރު އެކަން ނުހުއްޓުވާ ތިން ފުލުހަކު އެ މަންޒަރު ބަލަން ތިބޭ މަންޒަރެކެވެ. އެ ވީޑިއޯ އާ ގުޅިގެން ފުލުހުން އެ ސަރަހައްދުގައި ތިބެ އެކަން ހުއްޓުވަން އެއްވެސް މަަސައްކަތެއް ކޮށްފައިނުވާތީ އާންމުންގެ ފާޑުކިޔުން ވަނީ ފުލުހުންނަށް އަމާޒުވެފައެވެ.

ފުލުހުން ބުނީ އާންމުވެފައިވާ ވީޑިއޯއިން ފެންނަނީ އާއިލާއަކުން ހޯދަމުންދިޔަ ނުކުޅެދުންތެރިކަން ހުންނަ މީހެއް ފަރުވާއަށް ހޮސްޕިޓަލަށް ގެންދަން މަަސައްކަތް ކުރުމުން އެކަމާ ދެކޮޅު ހަދާ ގަދަ ދެއްކުމުން އޭނާ ހޮސްޕިޓަލަށް ގެންދިއުމަށް މަސައްކަތް ކުރި މަންޒަރު ކަމަަށެވެ.

އެމީހާ ހޮސްޕިޓަލަށް ގެންގޮސް މިހާރު ދަނީ ފަރުވާ ދެމުން ކަމަށްވެސް ބުންޏެވެ.

މި ހާދިސާ ހިނގި ވަގުތު އެ ސަރަހައްދުގައި ތިބި ފުލުހުން އަމަލުކޮށްފައިވަނީ އޮންނަ އުސޫލުތަކުގެ ތެރެއިންތޯ އާއި ފުލުހުންގެ ދައުރު އަދާކޮށްފައިވާ ގޮތް ބަލަން ކޮމިޝަނަރު އޮފް ޕޮލިސް މުހައްމަދު ހަމީދު، ޕްރޮފެޝަނަލް ސްޓޭންޑާސް ކޮމާންޑަށް މިހާރު އަންގާފައިވާ ކަމަށްވެސް ފުލުހުން ބުންޏެވެ.

ވަރަށް ގަދަ
29%ވަރަށް ގަދަ 14%ވަރަށް ގަޔާވޭ 43%ބޮޑު ޖޯކެއް 14%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: