ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ހއ. އިން މަސްތުވާތަކެތި ފެންނާތީ އެމްއެންޑީއެފް އާ ގުޅިގެން ސާޗް އޮޕަރޭޝަނެއް

ޝެއާރކޮށްލާ ކަހަލަދޯ؟

ހއ. އަތޮޅުން މަސްތުވާތަކެތި ފެންނާތީ އެމްއެންޑީއެފް އާ ގުޅިގެން ސާޗް އޮޕަރޭޝަނެއް ފަށާފައިވާ ކަމަށް ފުލުހުން ބުނެފިއެވެ.

ފުލުހުން ބުނީ، ހއ ގެ ބައެއް ރަށްރަށަށް ލައްގާ މަސްތުވާތަކެތީގެ މައްސަލައާއި ގުޅިގެން ފުލުހުންނާއި އެމްއެންޑީއެފް ގުޅިގެން ސާރޗް އޮޕަރޭޝަންއެއް ކުރިއަށް ގެންދާކަމަށާއި، އަދި މިމައްސަލަ ތަޙުޤީޤު ކުރުމަށް މާލެއިން ފުލުހުންގެ ޚާއްސަ ޓީމެއް މާދަމާ ހއ. އަތޮޅަށް ދާ ގޮތަށް ހަމަޖެހިފައިވާކަމަށެވެ.

ރާއްޖޭގެ އެެންމެ އުތުރުގެ ރަށްތަކަށް މަސްތުވާތަކެތި ލައްގަން ފަށާފައިވަނީ މިއަދުން ފެށިގެންނެވެ. އެގޮތުން ފިއްލަދޫއަށާއި ވަށަފަރަށްވެސް މަސްތުވާތަކެތި ލައްގާފައިވާއިރު،، ފިއްލަދޫ ފަޅުތެރެއިން ފެނުނު މަސްތުވާތަކެތީގެ ބަރުދަން 25 ކިލޯއަށް އަރާނެކަމަށް ލަފާކުރެވޭއިރު، ވަށަފަރުން މިހާތަނަށް 1 ކިލޯގެ މަސްތުވާތަކެތި ފެނިފައިވާކަމަށް އެރަށު ކައުންސިލުން މަޢުލޫމާތު ދެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: