ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ސުވާލު ނުކުރެވޭނެ ކަމަށް ބުނެ ޖަވާބުދާރީވާން މަލީހް ދެކޮޅު ހަދައިފި

މިނިސްޓަރ މުހައްމަދު މަލީހް ޖަމާލް: ފޮޓޯ ކޮމިއުނިކޭޝަން މިނިސްޓްރީ
ޝެއާރކޮށްލާ ކަހަލަދޯ؟

މަޖިލީހުގެ އިމްތިޔާޒް ކޮމިޓީގެ މެމްބަރުންނަށް އޭނާއަށް ސުވާލު ނުކުރެވޭނެކަމަށް ވިދާޅުވެ މެމްބަރުންގެ ސުވާލުތަކަށް ޖަވާބު ދެއްވުމަށް ކުރީގެ ކޮމިއުނިކޭޝަން މިނިސްޓަރު މުހައްމަދު މަލީހް ޖަމާލް ދެކޮޅު ހައްދަވައިފިއެވެ.

މަލީހް އިމްތިޔާޒް ކޮމިޓީއަށް ހާޒިރުކޮށްފައިވަނީ މަޖިލީހުގައި ވާހަކަ ދައްކަވަމުން ކުރީގެ ޖެންޑާ މިނިސްޓަރު ޝިދާތާ ޝަރީފް މަގާމުން އިސްތިއުފާދިނީ މަޖިލީހުން ބިރުދައްކައިގެން ކަމަށް ބުނެފައިވާތީއެވެ.

އެކަމާއި ގުޅިގެން މަލީހް ކޮމިޓީއަށް ހާޒިރުކޮށް މެމްބަރުން ވަނީ ސުވާލު ކޮށްފައެވެ.

މެމްބަރުން ސުވާލު ކުރުމުން މަލީހް ވިދާޅުވެފައިވަނީ މަޖިލީހުގައި އެއްވެސް ފަރާތަކުން ދައްކާވާހަކަ އަކާއި ގުޅިގެން ހާޒިރުކޮށް ސުވާލު ނުކުރެވޭނެކަމަށެވެ.

މަލީހް ވިދާޅުވީ އޭނާ ކޮމިޓީއަށް ހާޒިރުކޮށް ސުވާލު ކުރުމަކީ ޤާނޫނުއަސާސީއާއި ހިލާފު ކަމެއްކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: