ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ކްރައިސިސް އެންޑް މޭޖަރ އިންސިޑެންޓްސް ކޮމިއުނިކޭޝަންސްއާ ގުޅޭ މަސައްކަތު ބައްދަލުވުމެއް ބާއްވައިފި

ޝެއާރކޮށްލާ ކަހަލަދޯ؟

ރައީސުލްޖުމްހޫރިއްޔާގެ އޮފީހާއި، ބްރިޓިޝް ހައިކޮމިޝަނާއި، އިނގިރޭސިވިލާތުގެ މެޓްރޯޕޮލިޓަން ޕޮލިސްގެ އިތުރުން އިނގިރޭސިވިލާތުގެ ކައުންޓަރ ޓެރަރިޒަމް ޕޮލިސިންގ އިން ގުޅިގެން ކްރައިސިސް އެންޑް މޭޖަރ އިންސިޑެންޓްސް ކޮމިއުނިކޭޝަންސްއާ ގުޅޭ މަސައްކަތު ބައްދަލުވުމެއް މިއަދު ބާއްވައިފިއެވެ.

ބޮޑެތި ހާދިސާތައް އަދި ކާރިސާތައް ދިމާވާ ހިނދު މުޢާމަލާތްތައް ބައްޓަންކުރުމުގައި ގެންގުޅެންވީ މުހިންމު އުޞޫލުތައް ދެނެގަނެ، ޙާލަތުގެ ނާޒުކުކަމަށް ރިޔާއަތްކޮށް އެންމެ އެދެވޭ ގޮތަށް މުޢާމަލާތްތައް ބައްޓަންކުރަންވީ ގޮތުގެ މައްޗަށް އަމާޒުކޮށްފައިވާ މި މަސައްކަތު ބައްދަލުވުން ކުރިޔަށް ގެންގޮސްދެއްވާފައި ވަނީ މެޓްރޮޕޮލިޓަން ޕޮލިސްެގެ ޑައިރެކްޓޮރޭޓް އޮފް މީޑިއާ ކޮމިއުނިކޭޝަންސްގެ ފަރާތުންނެެވެ. މި ބައްދަލުވުން ފައްޓަވައިދެއްވުމުގެ ގޮތުން އިނގިރޭސިވިލާތުން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ޑިފެންސް އެޑވައިޒަރ، ކާނަލް ޑޭވިޑް އޭޝްމަން ވަނީ އިނގިރޭސި ހައިކޮމިޝަންގެ ފަރާތުން ވާހަކަ ދައްކަވާފައެވެ.

ރާއްޖޭގެ ފަރާތުން ވާހަކަ ދައްކަވައިފައި ވަނީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ޗީފް ކޮމިއުނކޭޝަން ސްޓްރެޓަޖިސްޓް އިބްރާހީމް ހޫދެވެ. ހޫދު ވިދާޅުވީ ބްރިޓިޝް ހައިކޮމިޝަނާއި، އިނގިރޭސިވިލާތުގެ މެޓްރޯޕޮލިޓަން ޕޮލިސްގެ އިތުރުން އިނގިރޭސިވިލާތުގެ ކައުންޓަރ ޓެރަރިޒަމް ޕޮލިސިންގ ގެ ފަރާތުން ރާއްޖޭގެ ބޮޑެތި ހާދިސާތައް އަދި ކާރިސާތައް ދިމާވާ ހިނދު މުޢާމަލާތްތައް ބައްޓަންކުރާނެ ގޮތްތައް އިތުރަށް ހަރުދަނާކުރުމަށް ކުރައްވަމުންދާ މަސައްކަތާއި ދެއްވަމުންދާ އެއްބާރުލެއްވުމާއި އެހީތެރިކަން ފާހަގަކުރައްވާ ކަމަާ އަދި އިނގިރޭސި ސަރުކާރަށް ޝުކުރު އަދާކުރައްވާ ކަމަށެވެ..

މި ބައްދަލުކުރުމުގައި މެޓްރޮޕޮލިޓަން ޕޮލިސްގެ ފަރާތުން ފާއިތުވި 10 އަހަރު ތެރޭގައި އެޤައުމަށް ކުރިމަތިވި ބޮޑެތި ކާރިސާތަކާއި ހާދިސާތަކުގައި އެ ޤައުމުގެ ކަމާގުޅޭ މާހިރުން އަމަލުކުރެއްވި ގޮތްތަކާއި ގެންގުޅުއްވި އުޞޫލުތަކަށް އަލިއަޅުވާލާފައިވެއެވެ. އަދި، މިފަދަ ޙާލަތްތަކުގައި އެބޭފުޅުންގެ ކޮމިއުނިކޭޝަންސް ރެސްޕޮންސް އަށް ގެންނަމުން އައި ބަދަލުތަކާއި ގިނަ ބަޔަކަށް އެއްފަހަރާ ޞައްޙަ މަޢުލޫމާތުު ފޯރުކޮށްދިނުމުގައި ސޯޝަލް މީޑިއާއިން ކުޅެމުން އައި ދައުރު ވަނީ ފާހަގަކުރައްވާފައެވެ.

ވަރޗުއަލްކޮށް ކުރިޔަށްގެންދިޔަ މި ބައްދަލުވުމުގައި ކަމާގުޅޭ އިދާރާތަކުގެ ފަރާތުން ވަނީ މަންދޫބުން ބައިވެރިވެވަޑައިގެންފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: