ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ކުޅުދުއްފުށީގައި ހިނގި އެކްސިޑެންޓެއްގައި ފަރުވާދެމުންދިޔަ ކުއްޖަކު މަރުވެއްޖެ

ޝެއާރކޮށްލާ ކަހަލަދޯ؟

މިމަހު 12 ވަނަ ދުވަހު ކުޅުދުއްފުށީގައި ސައިކަލަކާއި ޕިކަޕެއްޖެހި ހިނގި އެކްސިޑެންޓުގައި އަނިޔާވި 17 އަހަރުގެ ކުއްޖާ މަރުވެއްޖެ އެވެ.

މިމަހުގެ 12 ވީ ހުކުރު ދުވަހު މި އެކްސިޑެންޓް ހިނގާފައި ވަނީ ކުޅުދުއްފުށީ އަމީނީމަގާއި ނިކަގަސްމަގު ގުޅުނު ހަތަރުއަނގޮޅި ސަރަހައްދުގައެވެ.

އެކްސިޑެންޓްގެ ސަބަބުން މަރުވެފައ ވަނީ އެވަގުތު ސައިކަލު ދުއްވަން އިން އުމުރުން 17 އަހަރުގެ މުޙައްމަދު ޒަޔާން އައްބާސް އެވެ.

މުޙައްމަދު ޒަޔާން މަރުވީ މާލެ ގެނެސް އިތުރު ފަރުވާ ދެމުން ދަނިކޮށް މިއަދު ހެނދުނުގެ ވަގުތެއްގަ އެވެ. ޒަޔާންގެ މައްޗަށް ކުރެވޭ ކަށުނަމާދު އޮތީ މިއަދު މެންދުރު ނަމާދަށްފަހު އޭނާގެ ރަށް ކުޅުދުއްފުށީގައެވެ.

ޒަޔާން މަރުވީ އެކްސިޑެންޓްގައި ލިބުނު އަނިޔާތަކަށް ފަރުވާ ދިނުމަށް ކުރި އޮޕަރޭޝަނަކަށްފަހު ހޮސްޕިޓަލުން ދޫކޮށްލި ފަހުން އަނެއްކާވެސް ބަނޑުގައި ރިއްސާތީ ހޮސްޕިޓަލުގައި އެޑްމިޓްކޮށް އިތުރު އޮޕަރޭޝަނެއް ކޮށް ފަރުވާދެމުން ދަނިކޮށް ކަމަށް މަޢުލޫމާތު ލިބެއެވެ.

 

ވަރަށް ގަދަ
67%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 33%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: