ހަތެއް ފެބްރުއަރީ 2012ގައި އޭރުގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަން ވައްޓާލުމުގެ މުގުލުގައި ހުރި އެކަކީ ކުރީގެ ހައުސިން މިނިސްޓަރު އަދި ޕީޕީއެމްގެ ފަރާތުން މާލޭގެ މޭޔަރު ކަމަަށް ވާދަކުރައްވާ ޑރ. މުހައްމަދު މުއިއްޒު ކަމަށް މާފަންނު ހުޅަނގު ދާއިރާގެ މެމްބަރު މުހައްމަދު ފަލާހް ވިދާޅުވެއްޖެއެވެ.
އޭރުގެ އިިދިކޮޅު ފަރާތްތަކުން ކުރަމުންދިޔަ މުޒާހަރާތަކަށްފަހު، އައި ޕްރެޝަރާއެކު އޭރުގެ ރައީސް ކަމުގެ މަގާމުގައި ހުންނެވި، ރައީސް ނަޝީދު އެ މަގާމުން އިސްތިއުފާ ދެއްވީ، ފެބްރުއަރީ، 7، 2012 ގައެވެ. އެމަނިކުފާނާއި އެމްޑީޕީން ސިފަ ކުރައްވާ ގޮތުން އެއީ ބަޣާވާތެކެވެ.
ސަންގު ޓީވީގެ “ވާތު ސަންގު” ޕްރޮގްރާމުގައި ވާހަކަ ދައްކަވަމުން ފަލާހް ވިދާޅުވީ ހަތް އަހަރު ހައުސިން މިނިސްޓަރުކަން ކުރެއްވި މުއިއްޒު އަކީ ކާކުކަން ދިވެހި ރައްޔިތުންނަށް ވަރަށް ރަނގަޅަށް އެނގޭ ކަމަށާއި އެ ބޭފުޅާއަށް ރައްޔިތުން ދޭނެ ވޯޓެއް ނޯންނާނެ ކަމަށެވެ.
“އެބޭފުޅާ[މުއިއްޒު] ކަންތައް ކުރެއްވި ގޮތް ވަރަަށް ރަނގަޅަށް އެނގޭނެ މާލޭގެ ރައްޔިތުންނަށް. އަޅުގަނޑަކީ ވެސް2010 ވަނަ އަހަރު ސިޓީ ކައުންސިލަށް އިންތިހާބުވި މީހެއް. އޭގެ އަހަރެއްހާ ދުވަަސް ފަހުން ބަޣާވާތް ކޮށް ވެރިކަން ވައްޓާލީ. އެ ބަޣާވާތުގެ މުގުލުގައި ހުރި ބޭފުޅެއް މުއިއްޒު އަކީ.” ފަލާހް ވިދާޅުވިއެވެ.
ފަލާހް ވިދާޅުވީ ބަޣާވާތަށް ފަހު ރައީސް މުހައްމަދު ވަހީދުގެ ވެރިކަމުގައި ހައުސިން މިނިސްޓަރު ކަމަަށް އައިސް ސިޓީ ކައުންސިލްގެ ހުރިހާ ބާރުތަކެއް ލީ މުއިއްޒުގެ މުށުތެރެއަށް ކަމަށާއި ދަރުބާރުގެ ތަޅުލައި ތަޅުދަނޑިތައް ފޮރުވީ ވެސް މުއިއްޒު ކަމަށެވެ.
3 Responses
މަމިއުޅެނީކިޔާނެއެއްޗެއްނޭގިގެން މިބަޔަކު މުއީޒް ދެކެއެގަންނަބިރަނުން
މާބޮޑަށް ކަންކަން އެނގޭ ކަމަށް ހެދިގެން އުޅޭ ގަމާރުންގެ ސަބަބުން ގައުމު ފަސާދަވަމުންދަނީ. ތި ކަހަލަ ވިޔާނުދާ މީހުން ދޫކޮށްލާފައި ރައްޔިތުން ދާންވީ ކުރިޔަށް.
ހަތެއް ފެބްރުއަރީ 2012ގައި އޭރުގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަން ވައްޓާލުމުގެ މުގުލުގައި ހުރި އެކަކީ ކުރީގެ ހައުސިން މިނިސްޓަރު އަދި ޕީޕީއެމްގެ ފަރާތުން މާލޭގެ މޭޔަރު ކަމަަށް ވާދަކުރައްވާ ޑރ. މުހައްމަދު މުއިއްޒު ކަމަށް މާފަންނު ހުޅަނގު ދާއިރާގެ މެމްބަރު މުހައްމަދު ފަލާހް ވިދާޅުވެއްޖެއެވެ. ފަލާހު މީހުންކިޔާއުޅޭ އަންނިގެ ދަރިއަކީވެސް މުއީޒުގެޔޭ ޑީއެންއޭ ހަދަންފެނޭ ……..