ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މޭޔަރުކަމަށް ރައީސް ޔަަމީންގެ ޗޮއިސް އަކީ މުންދު، މުއިއްޒުއެއް ނޫން: ހަލީމް

ޝެއާރކޮށްލާ ކަހަލަދޯ؟

އިދިކޮޅު ޕީޕީއެމް/ޕީއެންސީގެ ފަރާތުން މާލޭގެ މޭޔަރު ކަމަށް ވާދަކުރަން ރައީސް އަބްދުﷲ ޔާމީން ބޭނުންފުޅުވީ ޕީއެންސީގެ ނައިބު ރައީސް މުހައްމަދު ހުސައިން ޝަރީފު (މުންދު) ކަމަށާއި ޑރ. މުހައްމަދު މުއިއްޒުއެއް ނޫން ކަމަށް ބިލެއްދޫ ދާއިރާގެ މެމްބަރު އަހުމަދު ހަލީމް(ދޮންބިލެތް) ވިދާޅުވެއްޖެއެވެ.

ސަންގު ޓީވީގެ “ވާތު ސަންގު” ޕްރޮގްރާމުގައި ވާހަކަ ދައްކަވަމުން ހަލީމް ވިދާޅުވީ މުއިއްޒު އަކީ މާލެއަށް ރަނގަޅު ޗޮއިސްއެއް ނޫން ކަމަށާއި އޭނާ އަކީ ރައީސް ޔާމީންގެ ޗޮއިސްއެއް ވެސް ނޫން ކަމަށެވެ.

“ރައީސް ޔާމީންގެ ވަރަށް ގާތް ބޭފުޅަކު އަޅުގަނޑު ކައިރީ މިވާހަކަ ދެއްކި. ޔާމީން އެއްގޮތަކަށް ވެސް ހިތްހަމައެއް ނުޖެހޭ. ޔާމީންނަށް އެނގޭ މުއިއްޒު އަކީ މިދިޔަ ހަތް އަހަރު މާލޭގެ ރައްޔިތުންނަށް އެތަކެއް އުނދަގުލަކާ ދުއްޕާނެއް ޖެއްސި ފަރާތެއްކަން. މާލޭގެ ރައްޔިތުންނަށް މުއިއްޒު ވިއްކުމަކީ އުނދަގޫ ކަމެއްކަން. އަޅުގަނޑަށް ހަފާކުރެވޭ ގޮތުގައި ރައީސް ޔާމީންގެ ވިސްނުންފުޅުގައި ހުރި އެއް ކެންޑިޑޭޓަކީ މުންދު. އެކަން އެހެން ނުވީމަ އިންތިހާބު ލަސްކުރަން ވެސް އިދިކޮޅުން އުޅުނު.” ހަލީމް ވިދާޅުވިއެވެ.

މުއިއްޒުއަށް ވަރަަށް ބޮޑަށް ފާޑުވިދާޅުވެ ހަލީމް ވިދާޅުވީ މުއިއްޒުގެ ހައުސިން މިނިސްޓަރުކަމުގައި ސިޓީ ކައުންސިލްގެ ހުރިހާ ބާރުތަކެއް މިނިސްޓްރީގެ ދަށަށް ގެނެސް ހިޔާ ފްލެޓުގެ މައްސަލާގައި މާލޭގެ ދަފްތަރާއި ރެޖިސްޓްރީގެ ކަންކަން ވަރަށް ބޮޑަށް އޮޅުވާާފައިވާ ކަމަަށެވެ.

ވަރަށް ގަދަ
11%ވަރަށް ގަދަ 5%ވަރަށް ގަޔާވޭ 32%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 53%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

One Response

  1. ހަލީމުއަށް ޔާމީނު ބޭނުންވާގޮތް ޔާމީނަށް ވުރެމާބޮޑަށް އެނގެނީ

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: