ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އެމްޑީޕީގައި ވެރިކަން ކުރެވޭ ފެންވަރުގެ ލީޑަރަކު ނެތް, ޤައުމު މިއޮތީ ފުލްސްޓޮޕެއްގައި: މަލީހް

މިނިސްޓަރ މުހައްމަދު މަލީހް ޖަމާލް: ފޮޓޯ ކޮމިއުނިކޭޝަން މިނިސްޓްރީ
ޝެއާރކޮށްލާ ކަހަލަދޯ؟

އެމްޑީޕީގައި ވެރިކަން ކުރެވޭ ފެންވަރުގެ ލީޑަރަކު ނެތްކަމަށް ކުރީގެ ކޮމިއުނިކޭޝަން މިނިސްޓަރު މުހައްމަދު މަލީހް ޖަމާލް ވިދާޅުވެއްޖެއެވެ.

މަލީހް ކުރި ޓްވީޓްގައި ބުނެފައިވަނީ ކޯލިޝަން ލީޑަރުންނަށް ހެދުނު އެންމެ ބޮޑު ގޯހަކީ 2018 ވަނަ އަހަރުގެ ރިޔާސީ ކެނޑިޑެސީ އެމްޑީޕީއަށް ދޫކޮށްލުން ކަމަށެވެ.

މަލީހް ވިދާޅުވީ އެމްޑީޕީގައި ވެރިކަން ކުރުމުގެ ފަންނުވެރިކަން އަދި އަށަނުގަންނަ ކަމަށާއި ވެރިކަން ކުރެވޭ ފެންވަރުގެ ލީޑަރަކު ނެތްކަމަށެވެ.

“ތައުލީމީ އެފެންވަރު ހުރި ބޭފުޅަކުވެސް ކުރީ ސަފުން ނުފެނޭ. ޤައުމު މިއޮތީ ފުލްސްޓޮޕެއްގައި.” މަލީހްގެ ޓްވީޓްގައިވެއެވެ.

ރައްޔިތުންގެ މަޖިލީހުން އިތުބާރު ނެތްކަމަށް ފާސްކޮށް މަގާމުން ދުރުކުރި ފަހުން މަލީހް އަންނަނި ސަރުކާރަށް އަދި މަޖިލީހަށް ވަރަށް ބޮޑަށް ފާޑު ކިޔަމުންނެވެ. .

ވަރަށް ގަދަ
33%ވަރަށް ގަދަ 33%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 33%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: