ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރާއްޖޭގައި މިޔަރުގެ މަސްވެރިކަމަށް ހުއްދަ ދިނުމަށް މަޝްވަރާކުރަނީ

ޝެއާރކޮށްލާ ކަހަލަދޯ؟

މިޔަރު މަސްވެރިކަން ކުރުމަށް ހުއްދަ ދިނުމާއި ގުޅޭގޮތުން މަޝްވަރާކުރަމުންދާ ކަމަށް ފިޝަރީޒް މިނިސްޓަރ ޒަހާ ވަޙީދު ވިދާޅުވެއްޖެ އެވެ.

ރައްޔިތުން މަޖިލީހުގެ އިޤްތިސާދީ ކޮމިޓީގައި މެމްބަރަކު ކުރެއްވި ސުވާލަކަށް ޖަވާބުދެއްވަމުން މިނިސްޓަރ ޒަހާ ވިދާޅުވީ މިޔަރުގެ މަސްވެރިކަމަކީވެސް އެއިން އިޤްތިޞާދަށް ފައިދާކުރާނެ ކަމެއް ކަމަށެވެ.

މެނޭޖް ފިޝަރީއެއްގެ ގޮތުގައި މިޔަރު މަސްވެރިކަން ތައާރަފްކޮށް،  ވަކި މުއްދަތަކަށް ހުއްދަ ދީގެން އެ މުއްދަތުގެ ތެރޭގައި މަންފާ ހޯދުމަށް ހުޅުވައިލައްވާނެ ފަދަ ވިސްނުމެއް ހުރި ކަން ވެސް މިނިސްޓަރު ޒަހާ ހާމަކުރެއްވިއެވެ.

ރާއްޖޭގައި މިޔަރުގެ މަސްވެރިކަން ކުރުން މަނާ ކުރީ 2010 ވަނަ އަހަރު އެވެ. އަދި އެއާއެކު މިޔަރުގެ އުރަހަ ފަދަ ތަކެތި އެކްސްޕޯޓު ކުރުންވެސް ވަނީ މަނާކޮށްފަ އެވެ.

އޭރު އޮސްޓްރޭލިއާގެ ޖޭމްސް ކުކް ޔުނިވާސިޓީއިން ހެދި ދިރާސާއަކުން ދެއްކި ގޮތުގައި އެންމެ މިޔަރަކުން ރާއްޖޭގެ އިގްތިސާދަށް އަހަރަކު 3300 ޑޮލަރު ވަދެ އެވެ. އެއީ ޓޫރިޒަަމް އިންޑަސްޓްރީއިންނެވެ. ނަމަވެސް، ހިފާ ކޮންމެ މިޔަރަކަށް މަސްވެރިޔާއަށް ލިބޭނީ 32 ޑޮލަރުގެ ފައިދާ އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: