ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އަންމަޓީގެ ބަންދަށް 10 ދުވަސް ޖަހައިފި

ޝެއާރކޮށްލާ ކަހަލަދޯ؟

ފިލައިގެން އުޅެނިކޮށް ރާއްޖެ ގެނައި ސީލައިފް ގްލޯބަލްގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު އަހުމަދު މޫސާ (އައްމަޓީ) ގެ ބަންދަށް 10 ދުވަސް ޖަހައިފިއެވެ.

އައްމަޓީގެ ބަންދަށް 10 ދުވަސް ޖަހާފައިވާއިރު، އޭނާ ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިއުމަސްފަހު ރާއްޖެ ގެނެސްފައިވަނީ މިއަދުއެވެ.

މިހާތަނަށް އައްމަތީ ރާއްޖެ ގެނައުން ލަސްވަނީ އޭނާގެ މައްސަލައެއް ލަންކާ ފުލުހުން ބަލަމުން އަންނާތީކަމަށް ފުލުހުން ވަނީ ބުނެފައެވެ. އަދި މިހާރު އޭނާގެ މައްސަލަ ލަންކާ ފުލުހުން ތަހުގީގް ކޮށް ނިމުމުން އޭނާ ވަނީ ދިވެހި ފުލުހުންގެ ބެލުމުގެ ދަށުން ރާއްޖެ ގެނެސްފައެވެ.

އައްމަޓީ ސްރީލަންކާއިން ހައްޔަރުކުރީ ފެބުރުއަރީ 21 ވަނަ ދުވަހުގެ ރެއެވެ. އައްމަޓީ ހައްޔަރުކުރަން އިންޓަޕޯލް މެދުވެރިކޮށް ނޯޓިސް ނެރެފައިވަނީ 2019 ވަނަ އަހަރުގެ އޭޕްރީލް މަހުއެވެ. އައްމަޓީ ހައްޔަރުކުރުމަށް އިންޓަރޕޯލުން ނެރެފައިވާ ނޯޓިސްގައިވާ ބުނެފައިވާގޮތުން އޭނާއަށް ކުރަނީ މަކަރާއި ހީލަތް ހެދުމުގެ ތުހުމަތާއި ފައިސާ ނެގުމަށް ފަހު ރައްދު ނުކުރުމާއި ފޯޖަރީގެ ތުހުމަތުތަކެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: