ކޮވިޑް-19 އިން ރައްކާތެރިވުމަށް އިއްޔެ މާލެ ސަރަޙައްދުގައި 1،207 މީހުންނަށް އަދި އަތޮޅުތެރެއިން 802 މީހުންނަށް ވެކްސިން ދީފިއެވެ.
ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން އާންމު ކޮށްފައިވާ ޑޭޓާއަަށް ބަލާއިރު 2،009 މީހުންނަށް އިއްޔެ ކޮވިޑަށް ވެކްސިން ދީފައި ވެއެވެ.
މިހާތަނަށް މުޅި ރާއްޖެއިން ޖުމްލަ 224،979 މީހުންނަށް ވެކްސިން ދީފައި ވެއެވެ.
މާލެ ސަރަޙައްދުގައި ވެކްސިން ދިނުމަށް ގާއިމް ކޮށްފައިވާ 6 ސެންޓަރުން މިހާތަނަށް ޖުމްލަ 124،885 މީހުންނަށް ވެކްސިން ދީފައިވާއިރު އަތޮޅުތެރޭގެ ދެ ސެންޓަރުން މިހާތަނަށް ޖުމްލަ 99،094 މީހަކަށް ވެކްސިން ދީފައި ވެއެވެ.