ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރޭޕް މައްސަލާގައި ވަކި މީހެއްގެ މައްޗަށް ހެކި ނުލިބޭ: ފުލުހުން

ޖިންސީ ގޯނާއާއި، ރޭޕްގެ ތުހުމަތުވާ މީހުން ހައްޔަރު ކުރުމަށް ގޮވާލާ މާލޭގައި ކުރިޔަށް ގެންދިޔަ ހިނގާލުމުގެ ތެރެއިން/ ފޮޓޯ: އަވަސް
ޝެއާރކޮށްލާ ކަހަލަދޯ؟
Share on facebook
Share on twitter
Share on whatsapp
Share on telegram
Share on print

މެދު ރާއްޖެތެރޭ ރަށެއްގައި ކުޑަ ކުއްޖެ ރޭޕްކުރި ކަމަށް އާއިލާއިން ތުހުމަތު ކުރާ މައްސަލާގައި ތުހުމަތު ކުރެވޭނެ ހެއްކެއް ނެތް ކަމަށް ފުލުހުން ބުނެފި އެވެ.

އެ މައްސަލައިގެ ތުހުމަތު ފުލުހަކަށާއި، ޓިޗަރެއްގެ އިތުރުން އިތުރު ބަޔަކަށްވެސް ކުރެވެއެވެ. އާއިލާ އިން ތުހުމަތު ކުރަނީ އުމުރުން 14 އަހަރުގެ އެ ކުއްޖާ ގޭންގަކުން ރޭޕްކޮށްފައިވާ ކަމަށެވެ.

ފުލުހުން ބުނީ މި މާޗު މަހުގެ ތިން ވަނަ ދުވަހު، އުތުރުގެ ރަށެއްގައި ކުޑަ އަންހެން ކުއްޖަކަށް ޖިންސީ ގޯނާ ކުރިކަމަށް ތުހުމަތު ކުރެވޭ މައްސަލައެއް މިމަހުގެ 11 ވަނަ ދުވަހު ހުށަހެޅުނު ކަމަށެވެ.

"މި މައްސަލާގައި ވަކި މީހެއްގެ މައްޗަށް ތުހުމަތު ކުރެވޭ ހެކި މިހާތަނަށް ތަހުގީގަށް ލިބިފައި ނުވޭ،" ފުލުހުން މިއަދު ބުންޏެވެ.

ޖެންޑާ މިނިސްޓްރީން ބުނީ 14 އަހަރުގެ އަންހެން ކުއްޖަކަށް ޖިންސީ ގޯނާ ކުރިކަމަށް ތުހުމަތު ކުރެވޭ މައްސަލައެއް މިމަހުގެ 10 ވަނަ ދުވަހު އެ މިނިސްޓްރީގެ ސަމާލުކަމަށް އައިސްފައިވާ ކަމަށެވެ. އަދި އެ ކުއްޖާ މިހާރު ވަނީ ރައްކާތެރި މާހައުލެއްގައި، މި މައްސަލައިގެ މިނިސްޓްރީން ފުލުހުންނާއެކު މަސައްކަތް ކުރަމުންދާ ކަމަށް މިނިސްޓްރީން ބުނެއެވެ.

މި މައްސަލާގައި ރޭ އެރަށުގައި މުޒާހަރާވެސް ކޮށްފައި ވެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published.

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: