ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ސިވިލް ސާވެންޓުންނަކީ އަޅުންނެއް ނޫން: އަލީ ހުސައިން

ޝެއާރކޮށްލާ ކަހަލަދޯ؟

ސިވިލް ސަރވިސްގެ މުވައްޒަފުންނަކީ އަޅުން ނޫންކަމަށް ވިދާޅުވެ ކެންދޫ ދާއިރާގެ މެންބަރު ޢަލީ ޙުސައިން، ހޯރަފުށީ ދާއިރާގެ މެންބަރު އަޙްމަދު ސަލީމް (ސައްލެ) އަށް ރައްދު ދެއްވައިފިއެވެ.

މަޖިލީހުގެ ޖަލްސާގައި ސަލީމް އިއްޔެ ވިދާޅުވެފައި ވަނީ ސިވިލް ސާވިސް މުވައްޒަފަކީ “ވަޒީފާގެ އެއްބަސްވުމުގައި ސޮއިކުރާ ހިސާބުން ކަށްވަޅަށް ދާންދެން އަނގަމަޑުންލައިގެން ހުންނަން ޖެހޭ މީހެއް” ކަމަށެވެ.

“އޭނާއަކީ ވަޒީފާގެ އެއްބަސްވުމުގައި ސޮއިކުރާ ހިސާބުން ކަށްވަޅަށް ދާންދެން އަނގަމަޑުންލައިގެން ހުންނަން ޖެހޭ މީހެއް،” ސަލީމް ވިދާޅުވި އެވެ.

ސަލީމްގެ އެ ވާހަކަތަކަށް ރައްދު ދެއްވައި އަލީ ހުސެއިން ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ސިވިލް ސަރވިސްގެ މުވައްޒަފުންނަކީ މޫނެއް ނަމެއް ނެތް އަޅުންނެއް ނޫން ކަމަށެވެ. އަދި ޤާނޫނު އަސާސީން ލިބިދޭ ޚިޔާލުފާޅުކުރުމުގެ މިނިވަންކަން އެމީހުންގެ ކިބައިން ނިގުޅައި ނުގަނެވޭނެ ކަމަށްވެސް އަލީ ވިދާޅުވިއެވެ.

ސަލީމްގެ އެ ވާހަކަފުޅަށް ވަރަށް ގިނަ ސިވިލް ސާވަންޓުންނާއި އާންމުން ވެސް އަންނަނީ ނުރުހުން ފާޅުކުރަމުންނެވެ. އެގޮތުން އެހެން ރައްޔިތުންނެކޭ އެއްފަދައިން ސިވިލް ސާވަންޓުންނަށް ވެސް ޙިޔާލު ފާޅު ކުރުމުގެ މިނިވަންކަން އޮންނަން ވާނެ ކަމަށް ގިނަ ބަޔަކު އަންނަނީ ބުނަމުންނެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 100%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: