ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މަޑުއްވަރީއަށް ޑްރަގް އެތެރެކުރަން އުޅުނު 8 މީހަކު ހައްޔަރުކޮށްފި

ޝެއާރކޮށްލާ ކަހަލަދޯ؟

ރ. މަޑުއްވަރިއަށް އެތެރެކުރަން އުޅުނު މަސްތުވާތަކެއްޗާއެކު އަށް މީހަކު ހައްޔަރުކޮށްފިއެވެ.

އެ މީހުން ހައްޔަރުކުރީ ރ. މަޑުއްވަރީ ޕޮލިސް ސްޓޭޝަނާއި ރ. މީދޫ ޕޮލިސް ސްޓޭޝަން އަދި ފުލުހުންގެ އިންޓެލިޖެންސް ގުޅިގެން ހިންގި އޮޕަރޭޝަނެއްގަ އެވެ.

އެގޮތުން އިއްޔެ ހިންގި އެ އޮޕަރޭޝަނުގައި ހައްޔަރުކޮށްފައިވަނީ 24 އަހަރުގެ ދެ ފިރިހެނުންނާއި 25 އަހަރުގެ ދެ ފިރިހެނުންނާއި 21 އަހަރުގެ ދެ ފިރިހެނުންނާއި 23 އަހަރުގެ ފިރިހެނަކާއި 19 އަހަރުގެ ފިރިހެނެވެ. މި އަށް މީހުންނަކީވެސް ދިވެހިންނެވެ.

އެ އޮޕަރޭޝަނުގައި، ބ. ކުޑަރިކިލު ފަޅުގައި އޮތް ދޯންޏެއް ބަލައިފާސްކޮށްފައިވާއިރު، އެ ދޯނި ތެރެއިން މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއްހުރި ފިލްމު ހުސްކުރި ދަޅެއް ފެނިފައިވާ ކަމަށް ފުލުހުން ބުނެ އެވެ.

އެ މައްސަލަ ރ. މަޑުއްވަރީ ޕޮލިސް ސްޓޭޝަނުން ދަނީ ތަހުގީގު ކުރަމުންނެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: