ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރޯދަމަހާ ދިމާކޮށް ރެޑްވޭވުން ފިޔާ އަދި އަލުވީގެ އަގުހެޔޮކޮށްފި

ޝެއާރކޮށްލާ ކަހަލަދޯ؟

ރަމަޟާން މަހާ ދިމާކޮށް ރެޑްވޭވްއިން ފިޔާ އަދި އަލުވި ކޮލީއެއްގެ އަގު 10 ރުފިޔާ އަށް ހެޔޮކޮށްފި އެވެ.

ރެޑްވޭވުން ބުނީ ތަކެތީގެ އަގުހެޔޮކުރީ ކޮންމެ އަހަރަކުވެސް ރޯދަމަހު އާންމުންނަށް ވެގެންދާ އުދަނގޫ ހައްލުކޮށްދިނުމުގެ ގޮތުން ކަމަށެވެ.

އެގޮތުން މިއަދު އަލުވި އަދި ފިޔާ ކިލޯއެއް 10 ރުފިޔާއަށް ހެޔޮކޮށްފައިވާއިރު މިހާރު ވެސް ބިހެއް 1.5ރުފިޔާއަށް ވިއްކަމުން އަންނަކަން ރެޑްވޭވުން ފާހަގަކުރި އެވެ.

ކޮންމެ އަހަރަކުވެސް ރޯދަ މަސް ވެގެންދަނީ ތަކެތީގެ އަގު އިންތިހާއަށް ބޮޑުވެ އާންމު ގިނަ ކަންބޮޑުވުންތަކެއް އުފެދިގެންދާ މަހަކަށެވެ. ހާއްސަކޮށް ފިޔާ، ބިސް އަދި އަލުވީގެ އަގު އަބަދުވެސް ބޮޑުވެގެންދެ އެވެ.

ރެޑްވޭވުން ބުނީ އެކުންފުނީގެ އަމާޒަކީ އާންމުންނަށް އެތަކެތި ހެޔޮއަގެއްގައި ރެޑްވޭވްގެ ފިހާރަތަކުން ފޯރުކޮށްދިނުން ކަމަށެވެ. އަދި ކޮންޓްރޯލްކުރަން ޖެހިއްޖެ ހާލަތެއްގައި ކޮންޓްރޯލްކޮށްގެން ނަމަވެސް ކަސްޓަމަރުންނަށް ރޯދަމަސް ނިމެންދެން ފިޔާ، ބިސް އަދި އަލުވި ފޯރުކޮށްދިނޭނެ ކަމަށް ވެސް ބުންޏެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: