ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ނޫސްވެރިކަމުގެ އިނާމަށް 87 ހުށަހެޅުން

ޝެއާރކޮށްލާ ކަހަލަދޯ؟

ނޫސްވެރިކަމުގެ އިނާމަށް 87 ފަރާތަކުން ހުށަހެޅުން ހުށަހަޅައިފި އެވެ.

މިއަހަރު އިނާމު ދިނުމަށް ހަމަޖެހިފައިވަނީ 12 ދާއިރާއަކުންނެވެ.

އެއީ ތަހުގީގީ ނޫސްވެރިކަން، އިޖުތިމާއީ، ސިޔާސީ، ޝަރުއީ، ވިޔަފާރި، ކުޅިވަރު، ފީޗާ ލިޔުން، ފޮޓޯ ޖާނަލިޒަމް، ވީޑިއޯ ޖާނަލިޒަމް، އޯޑިއޯ ޖާނަލިޒަމް، ނިއުސް ގްރެފިކްސް އަދި އެންމެ އުންމީދީ ނޫސްވެރިޔާ އެވެ.

އެމްއެމްސީން ބުނިގޮތުގައި މި އަހަރުގެ އެވޯޑަށް އެންމެ ގިނައިން ހުށަހަޅާފައި ވަނީ އިޖުތިމާއީ ދާއިރާ އަށެވެ. އެގޮތުން 21 ފަރާތަކުން އެ ދާއިރާ އަށް ވަނީ ކުރިމަތިލާފައެވެ. ދެން އެންމެ ގިނަ މީހުން ކުރިމަތިލީ ފީޗާ ލިޔުމުގެ ދާއިރާ އަށް ކަމަށްވާއިރު އެ ދާއިރާ އިން މި އިނާމަށް 17 މީހަކު ކުރިމަތިލާފައިވެއެވެ.

ތަހުގީގީ ނޫސްވެރިކަމުގެ ދާއިރާ އަށް 9 މީހަކު، ސިޔާސީ ދާއިރާ އަށް 9 މީހަކު، ޝަރުއީ ދާއިރާ އަށް ހަ މީހަކު، ވިޔަފާރީގެ ދާއިރާ އަށް 9 މީހަކު، ކުޅިވަރު ދާއިރާ އަށް ފަސް މީހަކު، ފޮޓޯ ޖާނަލިމް ދާއިރާ އަށް ހަ މީހަކު، ވީޑިއޯ ޖާނަލިމް ދާއިރާ އަށް ތިން މީހަކު އަދި އެންމެ އުންމީދީ ނޫސްވެރިޔާގެ މަގާމަށް ދެ ފަރާތަކުން ވަނީ ކުރިމަތިލާފައެވެ. އޯޑިއޯ ޖާނަލިޒަމް އަދި ނިއުސް ގްރެފިކްސް ދާއިރާ އަށް އެއްވެސް ފަރާތަކުން ކުރިމަތިލާފައެއް ނުވެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: