ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ވެންޓިލޭޓަރު މައްސަލައިގައި ދައުވާ ނުކުރާނެކަން ޕީޖީ އޮފީހުން އަންގައިފި: އޭސީސީ

ޕީޖީ ހުސެން ޝަމީޟް: ޕީއެސްއެމް
ޝެއާރކޮށްލާ ކަހަލަދޯ؟

ކޮވިޑް-19 އިން ރައްކާތެރިވުމުގެ ފިޔަވަޅު އެޅުމަށްޓަކައި އެންމެ ފުރަތަމަ ބޭނުންވި ވެންޓިލޭޓަރުތައް ގެނައުމުގައި ކޮރަޕްޝަންގެ އަމަލުތައް ހިންގި މައްސަލައިގައި ދައުވާ ނުކުރާނެ ކަމަށް ޕްރޮސެކިއުޓާ ޖެނަރަލް އޮފީހުން އޭސީސީ އަށް އަންގައިފިއެވެ.

ކޮވިޑްގެ ހާލަތާއި ގުޅިގެން ރާއްޖެއަށް ބޭނުންވާ ވެންޓިލޭޓަރުތަކެއް ގެނައުމަށް ޔޫއޭއީ ގެ ކުންފުންޏަކާ ހަވާލުކޮށް، އެޑްވާންސްކޮށް ފައިސާ ނެގުމުގައި ކޮރަޕްޝަންގެ ޢަމަލެއް ހިންގާފައިވާ ކަމަށް އޭސީސީން ވަނީ ކުރިން ވިދާޅުވެ، އެމައްސަލަ ހުށަހަޅާފައެވެ. ނަމަވެސް އެމައްސަލަ ބަލަން ބޭނުންވާ ވަރަށް ހެއްކާއި ޤަރީނާއި ނެތްކަމަށް ޕީޖީ އޮފީހުން ވިދާޅުވެ، އެމައްސަލަ އޭރު ވަނީ ނުބެލޭނެކަމަށް ނިންމާފައެވެ.

އެ މައްސަލަ އަލުން މުރާޖާ ކުރުމަށް ފަހު ކުރިން ނިންމި ނިންމުން ބަދަލު ނުކުރަން ޕީޖީން ނިންމާފައިވާކަން އޭސީސީންް ކަށަވަރުކޮށްދެމުން، އެކޮމިޝަނުން ވިދާޅުވީ ވެންޓިލޭޓަރުގެ މައްސަލާގައި އެއްވެސް ބަޔަކަށް ދައުވާ ނުކުރަން މީގެ ކުރިން ނިންމި ނިންމުން ބަދަލު ކުރަން ޖެހޭ ސަބަބެއް ނެތް ކަމަށް ޕީޖީން މިއަދު އޭސީސީއަށް އަންގާފައިވާ ކަމަށެވެ.

ކޮވިޑް-19 އާއި ގުޅިގެން ރާއްޖެއަށް ގެނައުމަށް އެއްބަސްވި ވެންޓިލޭޓަރުތައް ގެނައުމުގައި ގޯސްތަކެއް ހަދާފައިވާކަން ހާމަކޮށްފައިވަނީ އެކަމާއި ގުޅިގެން ތައްޔާރުކުރި އޮޑިޓް ރިޕޯޓެއްގައެވެ.

އޭގެ ފަހުން އޭސީސީން އެ މައްސަލަ ތަހުގީގު ކުރުމަށްފަހު ވަނީ އޭރުގެ ހެލްތް މިނިސްޓަރު އަބްދުﷲ އަމީން ހިމެނޭގޮތަށް 11 މީހެއްގެ މައްޗަށް ދައުވާކޮށްދިނުމަށް އެދިފައެވެ. އެހެންނަމަވެސް ޕީޖީން އޭރު ނިންމާފައިވަނީ އެ މައްސަލައިގައި ދައުވާ ނުކުރުމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: